Advertisement

ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެއް ނޫން: އޮންރީ

22 އޮކްޓޯބަރު 2021 - 04:57 0

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު.


ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެއް ނޫން: އޮންރީ

22 އޮކްޓޯބަރު 2021 - 04:57 0

ލަންޑަން (އޮކްޓޫބަރު 22) - ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެއް ނޫން ކަމަށް އާސެނަލްގެ ކުރީގެ ތަރި އަދި ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ތިއަރީ އޮންރީ ބުނެފި އެވެ.

މި ސީޒަނުގައި ސަލާހު ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާ އަކީ މި ވަގުތުގެ ފޯމަށް ބަލާނަމަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަމަކު، އޮންރީ ބުނީ އެކަމަށް އެއްބަސްވެވެން ނެތް ކަމަށެވެ.

"އަހަރެންނަށް ނުބުނެވޭނެ ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. އޭނަ (ސަލާހު) މި ވަގުތު އެ ޖަހާ ގޯލުތައް ކިތަންމެހާ ވެސް މޮޅު. އެކަމަކު، ކިހިނެއް ލެވަންޑޯސްކީ ނޫނީ ބެންޒެމާ ހަނދާން ނައްތާލަނީ. އަހަންނަށް ހިއެއްނުވޭ ސަލާހު އެ ހިސާބަށް ގޮސްފިހެން. މީގެ އެބަޖެހޭ ގައުމީ ޓީމާއި ކްލަބްގައި ވެސް މި ތަފާތު ދައްކަން،" އޮންރީ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އޮންރީ.-- ފޮޓޯ: އޭއެފްޕީ


"ސަލާހަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނެވިދާނެ"

އޮންރީގެ ބުނީ އޭނާގެ ނަޒަރުގައި މި ވަގުތު ފޯމަށް ބަލާނަމަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި އިހުތިޔާރުކުރާނީ ރެއާލް މެޑްރިޑްގެ ފްރާންސް ތަރި ބެންޒެމާ ކަމަށެވެ.

"މެޗުން މެޗަށް ނޫނީ ދުވަހުން ދުވަހަށް ގައުމީ ޓީމާއި ކްލަބްގައި ދައްކާ ކުޅުމަށް ބަލާނަމަ އަަހަންނަށް މި ވަގުތު އެންމެ މޮޅީ ބެންޒެމާ. ބެންޒެމާ އެ އުޅެނީ އުހުގައި. މި ވަގުތު ރެއާލާއި ފްރާންސް ގައުމީ ޓީމަށް ބެންޒެމާ އެ ދައްކާ ލެވަލްގެ ކުޅުމެއް ދެއްކޭ އެހެން ކުޅުންތެރިއަކު ނެތޭ ވެސް ބުނެވިދާނެ،" އޮންރީ ބުންޏެވެ.

ބެންޒެމާ އަށް މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބެން ޖެހޭނެ ކަމަށް ރެއާލްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން އާއި އާސެނަލްގެ ކުރީގެ ކޯޗު އަދި ފީފާގެ ގްލޯބަލް ޑިވެލޮޕްމަންޓްގެ އިސް މަގާމުގައި ހުރި މަޝްހޫރު ކޯޗު އާސެން ވެންގާ ވެސް ވަނީ ބުނެފަ އެވެ.