Advertisement

ދަނޑުވެރިންގެ ދުވަހަށް ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

16 އޮކްޓޯބަރު 2021 - 13:29 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ކަނޑޫދޫގެ ދަނޑުތައް ރައީސް ބައްލަވާލައްވަނީ: އެ ރަށަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ރައީސް މިހާރު ވަނީ އެނބުރި މާލެއަށް ވަޑައިގެންފައި. -ފޮޓޯ: ރައީސް އޮފީސް


ދަނޑުވެރިންގެ ދުވަހަށް ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

16 އޮކްޓޯބަރު 2021 - 13:29 0

ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ތ. އަތޮޅު ކަނޑޫދުއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފި އެވެ.

ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަނޑޫދުއަށް ވަޑައިގަތުމަށްފަހު، ރައީސް ވަނީ އެރަށުގެ ދަނޑުތައް ބައްލަވާލައްވައި، ދަނޑުވެރިންގެ ދުވަހާ ގުޅިވައިގެން އެރަށުގައި ހުޅުވި ކާބޯތަކެތީގެ މައުރަޒަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.

ކަނޑޫދޫގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން އެކަމަށް ބޭނުންވާ ބިން ނުލިބޭކަމުގެ ޝަކުވާ ދިވެހި ދަނޑުވެރިންގެ ހުރިކަން ފާހަގަކުރައްވާ ރަށު ކައުންސިލްތާކާއެކު އެކަމަށް ހައްލު ހޯދުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ރާއްޖޭގައި އުފައްދާ ކާނާގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކޮށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓުން ޖާގަދިނުމަށް މަސައްކަތްކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވި ނަމަވެސް، ދަނޑުވެރިންގެ ދުވަހާ ޖެހިގެން މިއަދު ފާހަގަކުރާ ކާބޯތަކެތީގެ ދުވަސް ވެސް ކަނޑޫދޫގައި ދަނީ ފާހަގަކުރަމުންނެވެ.