Advertisement

ބާލީ އަށް އައި ބިންހެލުމެއްގައި ތިން މީހުން މަރުވެއްޖެ

16 އޮކްޓޯބަރު 2021 - 10:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދެހާސް އަށާރަ ވަނަ އަހަރު ބާލީ އަށް ބިންހެލުމެއްގައި ގެޔެއް ބިމާ ހަމަވެފައި.


ބާލީ އަށް އައި ބިންހެލުމެއްގައި ތިން މީހުން މަރުވެއްޖެ

16 އޮކްޓޯބަރު 2021 - 10:40 0

ޖަކާޓާ، އިންޑޮނީޝިއާ (އޮކްޓޯބަރު 16) - އިންޑޮނީޝިއާގެ ޓޫރިސްޓް ރަށެއް ކަމަށްވާ ބާލީ އަށް ހޮނިހިރު ދުވަހު އައި ބިންހެލުމެއްގައި ތިން މީހުން މަރުވެއްޖެ އެވެ.

ބަންޖަރް ވަނަސަރީ އަވަށާ އިރުއުތުރުން 4.8 މެގްނިޓިއުޑް ބާރު މިނުގައި ބިންހެލުން އައީ 10 ކިލޯމީޓަރު އަޑިންނެވެ. ބިމުގެ މާ އަޑި ނޫން ހިސާބަކުން އަންނަ ބިންހެލުންތަކުގައި ލިބޭ ގެއްލުން އާއްމުކޮށް ބޮޑެވެ.

އޮފިޝަލުން ބުނީ ބަންގްލީ ރެޖެންސީގައި ބިންހެލުން އައުމާއެކު ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ގެޔަކަށް ފަސް އެޅި ދެ މީހުން މަރުވި ކަމަށެވެ. ތިން ވަނަ މީހާ މަރުވީ ކަރަންގަސެމް ޕޯޓް އަވަށުންނެވެ.

ޑިޒާސްޓާ އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހައިރީ ވިދާޅުވީ ފަސް ސިކުންތު ވަންދެން ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ.

"މީހުން ތިބީ ވަރަށް ހާސްވެފައި. ބިންހެލުން އައުމާއެކު މީހުންތައް ގެތަކުން ނުކުތް،"

ބާލީ އަށް ބިންހެލުމެއް އައިސްފައި ވާއިރު، ކޮވިޑު ބަލިމަޑުކަމާ ހެދި އެޅި ފިޔަވަޅުތަކަށް ފަހު އެ ރަށް މިހާރު ދަނީ މަޑުމަޑުން ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލަމުންނެވެ.

އިންޑޮނީޝިއާ އޮންނަނީ ޕެސިފިކް "ރިންގް އޮފް ފަޔާ" ހިސާބުގަ އެވެ. އެއީ ކަނޑުގެ އަޑިން ޓެކްޓޯނިކް ޕްލޭޓްތައް ހަރަކާތް ކުރުމުން، ގިނައިން ބިންހެލުން އަންނަ ހިސާބެކެވެ.

މިދިޔަ ޖެނުއަރީ މަހު ސުލަވެސީ އައިލެންޑަށް އައި 6.2 މެގްނިޓިއުޑް ބިންހެލުމެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެ ފަހަރު އައްސޭރިފަށުގައި އޮންނަ މަމޫޖޫ ސިޓީ އަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

މީގެ ތިން އަހަރު ކުރިން ޕާލޫ އަށް އައި 7.5 މެގްނިޓިއުޑް ބިންހެލުމަކާއި ސުނާމީއާ އެކު 4،300 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ގެއްލުނެވެ.