Advertisement

11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބޮޑުބޭބެ ހައްޔަރުކޮށްފި

15 އޮކްޓޯބަރު 2021 - 23:59 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

11 އަހަރުގެ ކުޑަކައްޖަކަށް ޖިންސީގޯނާ ކުރި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރެވުނީ 3 ދުވަސްފަހުން --


11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބޮޑުބޭބެ ހައްޔަރުކޮށްފި

15 އޮކްޓޯބަރު 2021 - 23:59 1

އުމުރުން 11 އަހަރުގެ ކުޑަކައްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، އެކަމުގެ ތުހުމަތުކުރެވޭ އެކުއްޖާގެ ބޮޑުބޭބެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަަނީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގަ އެވެ.

މިހަދިސާ ހިނގާފައި ވަނީ ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ އުތުރުގެ ސަރަހައްދުގެ ރަށެއްގައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ އެ އިދާރާއަށް ހުށަހެޅީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އެ ކުއްޖާގެ ބޮޑުބޭބެ އެއްކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.

ކުޑަ ކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެއިދާރާއިން ބުނެ އެވެ.