15 އޮކްޓޯބަރު 2021 - 14:20 0
އުދުމާ މަހްމޫދް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތ. ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅުގައި ކާބޯތަކެތީގެ މައުރަޒު ވަނީ ހުޅުވާދެއްވާފައި. -- ފޮޓޯ: ރައީސް އޮފީސް
15 އޮކްޓޯބަރު 2021 - 14:20 0
ތ. ކަނޑޫދޫގެ ކާބޯތަކެތީގެ މައުރަޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފި އެވެ.
ކަނޑޫދޫގެ ކާބޯތަކެތީގެ މައުރަޒަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ކަނޑޫދޫ ކައުންސިލުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެގްރިކްލަޗާއާ ގުޅިގެން އިންތިޒާމުކުރި މައުރަޒެކެވެ.
ކަނޑޫދޫގައި މާދަމާގެ ނިޔަލަށް ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މައުރަޒެކެވެ.
އަދި މިބާވަތްތައް އެއްތަނަކުން ފެންނަގޮތް ހެދައި ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމަމީ މި މައުރަޒު ބޭއްވުމުގެ އެއް ބޭނުމެވެ.
ކާބޯތަކެތީގެ މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ހިމެނެ އެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
ކަނޑޫދޫގައި ފެށި ފުޑް ސެކިއުރިޓީ ޕްރޮގްރާމަކީ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާލާކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށުނު ޕްރޮގްރާމެއް.

ރައީސް ސޯލިހު ކަނޑޫދުއަށް ކުރައްވާ މިދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާއާއި އަދި މި ދެ މުނާސަބާއާ ގުޅިގެން އެ ރަށުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ބަދަލުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނިންމެވިފަހުން ގައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ރައީސް ސޯލިހު ކަނޑޫދޫއަށް ވަޑައިގެންފި
ރައީސް ސޯލިހް ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ގުޅުވައި ކުރައްވާ ދަތުރުފުޅެއް. މިދަތުރުފުޅުގައި ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ފައްޓަވައިދެއްވާނެ، ފާޓިގޭޝަން ސިސްޓަމް އަދި ކާބޯތަކެތީގެ މައުރަޒު އިފްތިތާހުކޮށްދެއްވާނެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment