Advertisement

ފުޑް ސެކިއުރިޓީ ޕްރޮގްރާމް ރައީސް ފައްޓަވައި ދެއްވައިފި

15 އޮކްޓޯބަރު 2021 - 18:58 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތ. ކަނޑޫދޫގެ ފުޑް ސެކިއުރިޓީ ޕްރޮގްރާމް ފައްޓަވައިދެއްވާ އެރަށުގެ ދަނޑުވެރިއަކަށް ގަހެއް ހަދިޔާކުރައްވަނީ. -- ފޮޓޯ:ރައީސް އޮފީސް


ފުޑް ސެކިއުރިޓީ ޕްރޮގްރާމް ރައީސް ފައްޓަވައި ދެއްވައިފި

15 އޮކްޓޯބަރު 2021 - 18:58 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. ކަނޑޫދޫ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ރަށުގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ފައްޓަވައި ދެއްވައިފި އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ރައީސް ސޯލިހް ކަނޑޫދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރު އެވެ.

ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ފުޑް ސެކިއުރިޓީ ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ހަވާލުކޮށްދެއްވާފަ އެވެ.

މި ހަރަކާތުގެ ދަށުން ރައީސް ވަނީ ތިމާވެއްޓާ ރައްޓެހި އޯގެނިކް ގަސްކާނާއާއި ބޭހުގެ ޕެކޭޖެއް ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވާފަ އެވެ.

މިއީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމުގެ ގޮތުން ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތައާރަފުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

އޭގެ އިތުރުން، ރައީސް ސޯލިހު މިއަދު ވަނީ ކަނޑޫދޫގައި ފާޓިގޭޝަން ސިސްޓަމް ވެސް މިއަދު އިފުތިތާހު ކޮށްދެއްވައިފަ އެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމާއި ފާޓިގޭޝަން ސިސްޓަމް ކަނޑޫދޫގައި ގާއިމުކޮށްފައި މިވަނީ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާލާކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ، ކޮންމެހެން ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މިނިސްޓްރީގެ އަމާޒަކީ ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި ހައްދާ ބާވަތްތައް އަލާކުރުމެވެ.

މީގެ އިތުރުން ރައީސް ވަނީ އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީ ފޮތް ވެސް މިއަދު ނެރެދެއްވާފަ އެވެ.

އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމުގެ އަތްމަތީ ފޮތް ރައީސް ސޯލިހް ވަނީ ނެރެދެއްވާފައި. -- ފޮޓޯ:ރައީސް އޮފީސް


ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކަނޑޫދޫގެ ގޭބިސީތަކަށް ގަސްހަދިޔާކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފަ އެވެ.

އަދި އެގްރޯ ފޮރެސްޓްރީގެ އުސޫލުން، ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދަނޑެއް އަޅައިދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަދަނޑުގައު ބޭނުންކުރަނމް ހަމަޖެހިފައި ވަނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ފެންދެވޭނެ ޒަމާނީ ނިޒާމެކެވެ. އަދި ގަސްތަކަށް ބޭނުންވާ ކާނާ، ފެނާއެކު ފޯރުކޮށްދެވޭނެ ފާޓިގޭޝަން ނިޒާމެއް މި ދަނޑުގައި ހިމެނެ އެވެ.

ކަނޑޫދޫއަށް ކުރެއްވި މިދަތުރުފުޅުގައި ރައީސް ވަނީ ރަށުގެ މިރުސް ދަނޑަކަށް ޒިޔާރަތްކުރައްވައި ދަނޑު ބައްލަވާލައްވާފަ އެވެ.

އެރަށުގެ ކާބޯތަކެތީގެ މައުރަޒުވެސް ރައީސް ވަނީ މިއަދު ހުޅުވައިދެއްވައިފަ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ކަނޑޫދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިންނަވާނެ އެވެ.