Advertisement

މަހުމޫދުގެ ޖަނާޒާ ބާއްވައިފި

15 އޮކްޓޯބަރު 2021 - 17:23 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އދ. ދަނގެތި މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފައި. --ފޮޓޯ: އަމަން ހަލީމް/ އަދަދު


މަހުމޫދުގެ ޖަނާޒާ ބާއްވައިފި

15 އޮކްޓޯބަރު 2021 - 17:23 0

އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު އދ. ދަނގެތީ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ މިއަދު އެ ރަށުގައި ބާއްވައިފި އެވެ.

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގެ ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނީ އިއްޔެގެ މެނދުރުފަހުގެ ވަގުތެއްގަ އެވެ. އެއާއެކު ދަނގެތީގެ މަޝްރަހު ހޫނުވެ އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ދެ މީހުން ވަނީ ފުލުހުންގެ ހިމާޔަތާއެކު އެރަށުން ބަލާފައެވެ.

އިތުރު ތަހުގީގު ކުރުމަށް މަހުމޫދުގެ ހަށިގަނޑު މިއަދު ފަތިހު މާލެ ގެނަ އެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން ޓެސްޓުތަކެއް ހެދުމަށްފަހު އޭނާގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންދިއަ އެވެ.

މަހުމޫދުގެ ޖަނާޒާގެ ކަންތައްތައް ރަށުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އޭނާގެ މޫނު ބެލުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގޮސްފަ އެވެ.

އަދި ކަށުނަމާދުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

މަހުމޫދުގެ މަރު އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމަކުންވެސް ވަނީ އެރަށަށް ގޮސްފަ އެވެ.

ނަމަވެސް، އެކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.