Advertisement

11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

15 އޮކްޓޯބަރު 2021 - 14:45 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ޖިންސީގޯނާ އާއި ގެވެށި އަނިޔާއާ ދެކޮޅަށް ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން: ފުލުހުން މައުލޫމާތުދޭ ގޮތުގައި ޖިންސީގޯނާގެ ޝިކާރައަކަށް ވެފައި ވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖެއް. -- ފޮޓޯ:އަދަދު


11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

15 އޮކްޓޯބަރު 2021 - 14:45 1

އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކައްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ޖިންސީގޯނާ ކޮށްފައި ވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށެވެ.

މިހަދިސާ ހިނގާފައި ވަނީ ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ އުތުރުގެ ސަރަހައްދުގެ ރަށެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް މިކަމުގެ މައުލޫމާތު ހުށަހަޅާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ކުޑަ ކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެއިދާރާއިން ބުނެ އެވެ.