Advertisement

ޓެސްޓުތައް ހެދުމަށްފަހު މަހުމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް

15 އޮކްޓޯބަރު 2021 - 10:37 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އައިޖީއެމްއެޗްގައި ޓެސްޓުތައް ހެދުމަށްފަހު މަހުމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންދިއުމަށް ކޯސްޓްގާޑުގެ ސީ އެމްބިޔުލަންސަށް އަރުވަނީ. މަހުމޫދުގެ ޖަނާޒާ އޮންނާނީ އެ ރަށުގައި ކަމަށް އާއިލާއިން މައުލޫމާތުދޭ. -ފޮޓޯ: އަދަދު


ޓެސްޓުތައް ހެދުމަށްފަހު މަހުމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް

15 އޮކްޓޯބަރު 2021 - 10:37 0

މަރާލާ ވަޅަކަށް އެއްލާލާފައި އދ. ދަނގެތިން އިއްޔެ ފެނުނު އެ ރަށު މޮނަލާޒު, މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު ޓެސްޓުތަކެއް ހެދުމަށް މާލެއަށް ގެނައުމަށްފަހު އަނބުރާ އެ ރަށަށް ގެންގޮސްފި އެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި މަހުމޫދުގެ ހަށިގަނޑު މާލެއަށް ގެނައީ ސީޓީ ސްކޭން ހެދުމަށް ކަމަށް "އަދަދު"އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އައިޖީއެމްއެޗުން އެ ޓެސްޓުތައް ހެދުމަށްފަހު މަހުމޫދުގެ ހަށިގަނޑު ކޯސްޓުގާޑުގެ ސީ އެމްބިއުލެންސްގައި ދާދި ދެންމެއަކު ވަނީ ދަނގެއްޗަށް ގެންދިއުމަށް މާލޭން ފުރައިފަ އެވެ.

އޭނާ ވަޅުލުމަށް ހަމަޖެހިފައި ވަނީ ދަނގެތީގައި ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

ހާދިސާގެ ހުލާސާ

މަހުމޫދަކީ އެ ރަށުގައި ކެފޭއެއް ހިންގާ ވިޔަފާރިވެރިއެކެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނީ އިއްޔެ ހެނދުނުން ފެށިގެން ހޯދަމުން ދަނިކޮށް މަރާލުމަށްފަހު ބޮލަށާއި ދެފަޔަށް ސުތުލި ގޯންޏެއް އެރުވުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ހަވީރު އެވެ.

ރަށުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އއ. ތޮއްޑޫއަށް ނިސްބަތްވާ ދެ މީހުންނެވެ. ރައްޔިތުން ނުކުމެ އެ ދެ މީހުން ހޯދައި ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

އޭގެފަހުން އެމީހުން ތިބީ ފުލުހުންގެ ހިމާޔަތުގަ އެވެ. އެއަށްފަހު ރޭ ވަނީ އަންހެނަކުވެސް ފުލުހުންގެ ހިމާޔަތަށް އެދިފަ އެވެ. އޭނާ އަކީވެސް ތޮއްޑޫއަށް ނިސްބަތްވާ މީހެކެވެ.

ނަމަވެސް, މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މަހުމޫދު މަރާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ވެސް ވަނީ ހަވީރު ގޮސްފަ އެވެ.