Advertisement

މަޖިލީހުގެ ޔައުމިއްޔާ ލިޔުމަށް ޓެކްނޮލޮޖީގެ އެހީ ހޯދަނީ

13 އޮކްޓޯބަރު 2021 - 10:05 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މަޖިލިސް މެމްބަރުން ތަޅަމުގައި. --ފޮޓޯ: މަޖިލިސް


މަޖިލީހުގެ ޔައުމިއްޔާ ލިޔުމަށް ޓެކްނޮލޮޖީގެ އެހީ ހޯދަނީ

13 އޮކްޓޯބަރު 2021 - 10:05 0

ރައްޔިތުން މަޖިލީހުގެ ޔައުމިއްޔާތައް ބޮޓެއް މެދުވެރިކޮށް ލިޔުމަށް އެ މަޖިލީހުން ޕްރޮޖެކްޓެއް ފަށައިފި އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފަށަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޔައުމިއްޔާ ލިޔުމަށް ތަރައްގީކުރަނީ ވޮއިސް ރެކޮގްނިޝަން އެޕްލިކޭޝަނެއް ކަމަށެވެ. އަދި ޔައުމިއްޔާތައް ތަރުޖަމާކުރުމަށް ޓްރާންސްލޭޝަން އެޕްލިކޭޝަނެއް ވެސް ތަރައްގީކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ އެޕްލިކޭޝަނެއް ތަރައްގީ ކުރުމަށް ބަޔަކާ އެކީ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތަށް އަދި ދުވަސް ނަގާނެ ކަމަށެވެ.

މަޖިލީހުގެ ތަޅަމުގައި އަދި ކޮމިޓީތަކުގައި މެމްބަރުން ދައްކަވާ ވާހަކަތައް ޔައުމިއްޔާކުރަން ޖެހެ އެވެ. އެ ބުރަ ބޮޑު މަސައްކަތް މިހާރު ކުރަނީ މަޖިލީހުގެ އިދާރީ މުވައްޒަފުންނވެ. މި ޕްރޮޖެކްޓާ އެކު އެކަން ލުއި ފަސޭހަވެ، މަސައްކަތް އަވަސްވާނެ އެވެ.