Advertisement

އައްޑޫގެ ކުރީގެ މޭޔަރަށް ސްޓޭޓް މިނިސްޓަރުކަން ދީފި

3 އޮކްޓޯބަރު 2021 - 13:04 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އައްޑޫގެ ކުރީގެ މޭޔަރު ސޯދިގަށް މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް


އައްޑޫގެ ކުރީގެ މޭޔަރަށް ސްޓޭޓް މިނިސްޓަރުކަން ދީފި

3 އޮކްޓޯބަރު 2021 - 13:04 0

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސޯދިގަށް ސްޓޭޓް މިނިސްޓަރު ކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

ސޯދިގު ވަނީ ނިމިދިޔަ ތިން ދައުރުގައި އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވައިފަ އެވެ. އޭނާ މިފަހަރު ނާކާމިޔާބު ވީ އެމްޑީޕީގެ ޕުރައިމަރީގައި މިހާރުގެ މޭޔަރު އަލީ ނިޒާރާ ވާދަކޮށެވެ.

ސޯދިގު ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލް ކުރައްވާފަ އެވެ.