Advertisement

އުތުރު ކޮރެއާ އިން ބުނީ ހަތިޔާރު ޓެސްޓު ކުރުމުގެ ހައްގު ނުހިފެހެއްޓޭނެ ކަމަށް

28 ސެޕްޓެންބަރު 2021 - 14:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާ އިން މިސައިލެއް ޓެސްޓު ކުރި ކަމުގެ ހަބަރު ޓީވީއަކުން ދައްކަނީ. -- ފޮޓޯ: އޭއެފްޕީ


އުތުރު ކޮރެއާ އިން ބުނީ ހަތިޔާރު ޓެސްޓު ކުރުމުގެ ހައްގު ނުހިފެހެއްޓޭނެ ކަމަށް

28 ސެޕްޓެންބަރު 2021 - 14:05 0

ސޯލް، ދެކުނު ކޮރެއާ (ސެޕްޓެމްބަރު 28) - ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް ކަނޑަށް ފޮނުވާލުމަށް ފަހު، ހަތިޔާރު ޓެސްޓު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

ބެލިސިޓިކް މިސައިލް ފޮނުވާލީ އުތުރު ޖަގަންގް ޕްރޮވިންސްގެ އިރުމަތީ އައްސޭރިފަށާ ދިމާލުން ކަނޑަށެވެ. އޭގެ ގަޑިއިރެއް ފަހުން އދ. އަށް އުތުރު ކޮރެއާ އިން ކަނޑައަޅާފައި ހުންނަ ސަފީރު، ކިމް ސޮންގް އދ. ގެ އާއްމު މަޖިލީހުގައި ވިދާޅުވީ ހަތިޔާރު ޓެސްޓު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

"އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމަށް އުތުރު ކޮރެއާ އަށް ލިބިފައިވާ ހައްގު އެއްވެސް ބަޔަކަށް ނުހިފެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

ބެލިސިޓިކް މިސައިލެއް ލޯންޗު ކުރުމުން އެމެރިކާ އިން އެކަން ކުށްވެރި ކުރުމަށް ފަހު ބުނީ އެއީ އުތުރު ކޮރެއާގެ އަވައްޓެރިންނާއި ބައިނަލްއަގްވާމީ މުޖުތަމައަށް "ނުރައްކަލެއް" ކަމަށެވެ.

"މި ބެލިސިޓިކް މިސައިލް ލޯންޗުކޮށްފައި މި ވަނީ އދ. ގެ ގިނަ ގަރާރުތަކާ ހިލާފަށް. ދެކުނު ކޮރެއާ އާއި ޖަޕާނުގެ ދިފާއުގައި އަޅުގަނޑުމެން ތިބޭނެކަމުގެ ޔަގީންކަން ދެން،" އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނެއްގައި ބުންޏެވެ.

އުތުރު އަދި ދެކުނު ކޮރެއާގެ ހަނގުރާމަ ނިމުނުކަން މިހާތަނަށް ވެސް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. އދ. ގެ އާއްމު މަޖިލީހުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ވަނީ ހަނގުރާމަ ނިމުނުކަން އިއުލާނު ކުރަން ގޮވާލައްވާފަ އެވެ.

ނިޔުކްލިއާ ހަތިޔާރާއި ބެލިސްޓިކް މިސައިލް އުފައްދަން އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ޕްރޮގްރާމުތައް ކުރިއަށް ގެންދާތީ އެ ގައުމާ ދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވެ އެވެ.