Advertisement

އުދަ އަރާ ހަލާކުވި ކުރެންދޫ ފުޓުބޯޅަ ދަނޑު ރައްޔިތުން ނިކުމެ ސާފުކޮށްފި

27 ސެޕްޓެންބަރު 2021 - 19:58 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުރެންދޫ ރައްޔިތުން ނިކުމެ ދަނޑު ސާފު ކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ކުރެންދޫ ކައުންސިލް


އުދަ އަރާ ހަލާކުވި ކުރެންދޫ ފުޓުބޯޅަ ދަނޑު ރައްޔިތުން ނިކުމެ ސާފުކޮށްފި

27 ސެޕްޓެންބަރު 2021 - 19:58 1

ދުނިޔޭގެ ސަމާލުކަން ލިބުނު ޅ.ކުރެންދޫ ފުޓުބޯޅަ ދަނޑަށް އުދަ އަރާ ހަލާކުވުމުން އެ ރަށު ރައްޔިތުން ނިކުމެ މިއަދު ދަނޑު ސާފުކޮށްފި އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު "އަދަދު" އަށް ވިދާޅުވީ ރައްޔިތުންނަށް ގޮވާލުމުން ރަށުގެ ގިނަ އަދަދެއްގެ މީހުން ދަނޑު ސާފު ކުރުމަށް ނިކުތް ކަމަށެވެ. އެގޮތުން މިހާރު ދަނޑުގެ 85 ޕަސެންޓު އެއްކޮށް ސާފުކޮށް ނިމިފައިވާ ކަމަށައި ބާކީ އޮތް ބައި މާދަމާ އަށް ނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިން ދަނޑު ބޭނުން ކުރި ގޮތަށް ދަނޑު ބޭނުން ނުކުރެވުނު ނަމަވެސް ކުޅެލެވޭ ވަރު ވާނެ ކަމަށް ސިމާއު ވިދާޅުވި އެވެ.

ކުރެންދޫ ރައްޔިތުން ދަނޑު ސާފުކުރަން ނިކުމެ-- ފޮޓޯ: ކުރެންދޫ ކައުންސިލް


މީގެ އިތުރުން އޭނާ ވިދާޅުވީ ދަނޑު ހުންނަ ސަރަހައްދަކީ އާންމުގޮތެއްގައި އުދަ އަރާ ސަރަހައްދެއް ނޫން ކަމަށެވެ.

ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ދަނޑުގެ ވަށާފާރުގެ މޫދާވީ ފަޅިން އެއްކޮށް ވެއްޓިފައިވާ އިރު، ދަނޑުގެ އެއް ފަޅި އެއްކޮށް ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ދަނޑުގެ ތެރޭގައި ތަފާތު ކުނިބުންޏާއި ފުޅިތޮށި ފަދަ ތަކެތި ވެސް ހުއްޓެވެ. ކުރެންދޫ ފުޓްބޯޅަ ދަނޑަކީ ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ ރަށުގެ ރައްޔިތުންގެ އަަތުން ހަރަދުކޮށްގެން ހަދާފައިވާ ދަނޑެކެވެ.

"ދަނޑުގެ ބޭރުން މޫދާ ދިމާގަ އިންނާނެ ފާރެއް. އެ ފާރު ވެއްޓިގެން މިފަހަރު އެހާ ބޮޑަށް އެ އުދަ އެރީ،" ސިމާއު ވިދާޅުވި އެވެ.

ކުރެންދޫ ދަނޑު ސާފު ކުރުމުގެ ބޮޑުބައި ނިންމާފައި-- ފޮޓޯ: ކުރެންދޫ ކައުންސިލް


ކުރެންދޫގައި ޓާފު އަޅައިގެން ފުޓުބޯޅަ ދަނޑެއްގެ ހެދުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްވެ، ހުރިހާ ރައްޔިތުންގެ ބައިވެރިވުމާ އެކު ފެށީ 2017 ގަ އެވެ.

އެ ދަނޑަކީ އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމާލި ދަނޑެކެވެ.