Advertisement

ފަލަސްތީނުގެ ޕާލިމެންޓު މެމްބަރު އިޒްރޭލު ޖަލުން މިނިވަންކޮށްފި

27 ސެޕްޓެންބަރު 2021 - 13:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ޖަލުން މިނިވަން ކުރުމުން ފަލަސްތީނުގެ ޕާލިމެންޓު މެމްބަރު ހާލިދާ ޖައްރާރް އޭނާގެ ދަރިފުޅު ވަޅުލާފައި އޮތް ތަނަށް ޒިޔާރަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ


ފަލަސްތީނުގެ ޕާލިމެންޓު މެމްބަރު އިޒްރޭލު ޖަލުން މިނިވަންކޮށްފި

27 ސެޕްޓެންބަރު 2021 - 13:54 0

ރާމަﷲ، ފަލަސްތީނު (ސެޕްޓެމްބަރު 26) - ދެ އަހަރު ވަންދެން އިޒްރޭލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ޕާލިމެންޓު މެމްބަރު ހާލިދާ ޖައްރާރް މިނިވަންކޮށްފި އެވެ.

އުމުރުން 58 އަހަރުގެ ޖައްރާރަށް ދެ އަހަރުގެ ޖަލު ހުކުމެއް އައީ މާޗް 2021 ގައި އޭނާއަކީ ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ޕަލަސްތީން (ޕީއެފްއެލްޕީ) ގެ މެމްބަރެއް ކަމަށް ސާބިތުވުމުންނެވެ.

ޕީއެފްއެލްޕީ އަކީ ޓެރަރިސްޓް ޖަމިއްޔާއެއް ކަމަށް އިޒްރޭލާއި އެމެރިކާއިން ދެކެ އެވެ. ނަމަވެސް ޕީއެފްއެލްޕީން ދިން އެއްވެސް ހަމަލާއަކާ ޖައްރާރްއާ ގުޅުމެއްވާ ކަމުގެ ހެކި ފެނިފައެއް ނުވެ އެވެ.

ޖައްރާރް އަށް ހުކުމް ކުރީ މި އަހަރު ނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ ޝަރީއަތް ކުރުމެއް ނެތި ޖަލުގައި ބަންދުކޮށްފަ އެވެ.

ފަލަސްތީނުގެ ޕާލިމެންޓަށް އޭނާ ހޮވުނީ ޕީއެފްއެލްޕީ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާއާ އެކު އިތުރު މެމްބަރުންތަކެއް ވެސް 2019 ވަނަ އަހަރު ހައްޔަރު ކުރީ އިޒްރޭލުގެ ޒުވާނަކު މަރާލީ ޕީއެފްއެލްޕީން ކަމަށް ބުނެ އެވެ.

ޖަލުން ދޫކޮށްލުމާއެކު ޖައްރާރް އެންމެ ފުރަތަމަ ވެސް ދިޔެއީ މިދިޔަ ޖުލައި މަހު މަރުވި އޭނާގެ ދަރިފުޅު ވަޅުލާފައި އޮތް ތަނަށެވެ. ދަރިފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ވެސް އިޒްރޭލުން އޭނާއަށް ދީފައި ނުވެ އެވެ.

މީގެ ކުރިން ވެސް އިޒްރޭލުން ވަނީ އެތައް ފަހަރެއްގެ މަތިން ޖައްރާރް ހައްޔަރުކޮށްފަ އެވެ. އިޒްރޭލުން ގެންގުޅޭ އުސޫލެއްގެ ދަށުން ދައުވާ ނުއުފުލާ ތުހުމަތު ކުރެވޭ މީހުން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބޭތިއްބެ އެވެ.