އެނބުރި އައިސް މެސީގެ 10 ނަމްބަރު ޖޯޒީގައި ފާޓީ ވިދާލައިފި

Sep 26, 2021, 11:48 PM
އެނބުރި އައިސް މެސީގެ 10 ނަމްބަރު ޖޯޒީގައި ފާޓީ ވިދާލައިފި

ބާސެލޯނާ (ސެޕްޓެމްބަރު 27) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފާޓީ 10 މަސް ދުވަހަށް ފަހު ކުޅުމަށް އެނބުރި އައި މެޗުގައި ގޯލު ޖެހިއިރު، ބާސެލޯނާ އިން 3-0 އިން ލެވާންޓޭ ބަލިކޮށްފި އެވެ.

މިއީ މިދިޔަ އަހަރު ނޮވެމްބަރު މަހު ހަތް ވަނަ ދުވަހު ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނު ފާޓީ މިދިޔަ 10 މަސް ދުވަހުގެ ތެރޭ ކުޅުނު ފުރަތަމަ މެޗެވެ. ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވާން ފާޓީ ވަނީ ދެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

ފާޓީ އެނބުރި އައިއިރު ބޮލުގައި އޮތީ ބޮޑު ޒިންމާއެއް އެޅިފަ އެެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްދިޔަ ފުޓްބޯޅައިގައި އެ ފަދަ ދެ ވަނައެއް ނެތް ތަރި، ލިއޮނަލް މެސީގެ ލެޖެންޑަރީ 10 ނަމްބަރު ޖޯޒީ ދިނީ ފާޓީ އަށެވެ. ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު ފާޓީ މި ވަނީ އިތުބާރު ހޯދައިފަ އެވެ. މެޗުގެ ދެ ވަނަ ހާފްގައި ކުޅެން އެރި އުމުރުން 18 އަހަރުގެ ފާޓީ ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ.

ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ މެމްފިސް ޑިޕާއި އެވެ. މިއީ ޑިޕާއި އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން އޭނާ ޖެހި ގޯލެކެވެ. އޭގެ ހަތް މިނިޓް ފަހުން ބާސެލޯނާ އަށް ލީޑުފުޅާކޮށްދިނީ ލޫކް ޑި ޔޯން އެވެ. މިއީ ސާޖީނިއޯ ޑެސްޓް ނަގައިދިން ހުރަހަކުން ޑި ޔޯން ޖެހި ގޯލެކެވެ. މިއީ ސެވިއްޔާ ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން މި ފަހަރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ޑި ޔޯން ޖެހި ފުރަތަމަ ގޯލެވެ.

ބާސެލޯނާ އިން ތިން ޕޮއިންޓް ކަށަވަރުކުރީ ފާޓީ ޖެހި ގޯލުންނެވެ. މެޗަށް ފަހު ފާޓީ ވަނީ އޭނާ ދަނޑަށް އެނބުރި އަންނަން އެހީތެރިވި ޑޮކްޓަރުންނާއި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. ގޯލު ޖެހުމަށް ފަހު ފާޓީ އުފާފާޅުކުރީ ވެސް ޑޮކްޓަރު ގައިގައި ބައްދާލުމަށް ފަހު އެވެ.

މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބާސެލޯނާ އަށް ލިބުނު ފުރަތަމަ މޮޅެވެ. މި މޮޅާ އެކު ބާސެލޯނާ ލީގުގެ ހަ ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން މި ލިބުނު މޮޅާ އެކު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އަށް އޮތް ޕްރެޝަރަށް ވެސް ލުޔެއް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox