Advertisement

ފްރާންސުން ބުނީ އެމެރިކާއާ އެކު އޮތް ގުޅުން އިއާދަކުރަން ވަގުތު ނަގާނެ ކަމަށް

24 ސެޕްޓެންބަރު 2021 - 06:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާ އާއި އޮސްޓްރޭލިއާއާ މެދު ފްރާންސުން ހިތްހަމަނުޖެހުނީ ސަބްމެރީންތަކެއްގެ މައްސަލާގައި.


ފްރާންސުން ބުނީ އެމެރިކާއާ އެކު އޮތް ގުޅުން އިއާދަކުރަން ވަގުތު ނަގާނެ ކަމަށް

24 ސެޕްޓެންބަރު 2021 - 06:30 0

އދ.، އެމެރިކާ (ސެޕްޓެމްބަރު 23) - ސަބްމެރީން މައްސަލާގައި އެމެރިކާ އާއި ފްރާންސާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ކާރިސާ ނިމުމަކަށް އައިސް، ގުޅުން އިއާދަކުރަން ވަގުތު ނަގާނެ ކަމަށް ފްރާންސުން ބުނެފި އެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯން ޔްވެސް ލެ ޑްރިއަން އާދި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ބުރާސްފަތި ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ. އޭގެ ކުރިން ދެ ގައުމުގެ ރައީސުން ވެސް ވަނީ ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާފަ އެވެ.

ލެ ޑްރިއަން، ބްލިންކެން އަރިހުގައި ވިދާޅުވީ ދެގައުމުގެ ގުޅުން އިއާދަކުރަން މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. ރައީސް އިމޭނުއެލް މެކްރޯން އާއި ޖޯ ބައިޑެންގެ ފޯނުކޯލަކީ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ލެ ޑްރިއަން އާއި ބްލިންކެންގެ ބައްދަލުވުން އޮތީ އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ނިއު ޔޯކުގައި ހުންނަ އދ. ގެ ފްރާންސް މިޝަން އޮފީހުގަ އެވެ. ބައްދަލުވުމުގައި ދެ ބޭފުޅުން ގާތްގަނޑަކަށް އެއް ގަޑިއިރު ހޭދަކުރެއްވި އެވެ.

ފްރާންސްގެ ސަބްމެރީން ގަންނަން 2016 ވަނަ އަހަރު އޮސްޓްރޭލިއާއިން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެއްބަސްވުމާ ހިލާފަށް، އެމެރިކާގެ ނިޔުކްލިއާ ސަބްމެރީން ގަންނަން ނިންމުމުން ފްރާންސުން އެކަން ސިފަކުރީ "ބުރަކައްޓަށް ވަޅިއެއް ޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.

އެ މައްސަލާގައި ފްރާންސުން ބަނީ އެމެރިކާ އާއި އޮސްޓްރޭލިއާއަށް ކަނޑައަޅާފައިވާ ސަފީރުން އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

ނަމަވެސް ބުދަ ދުވަހު މެކްރޯން އާއި ބައިޑެން ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމީ އިތުރު ތަފްސީލީ މަޝްވަރާތައް ބޭއްވުމަށާއި އޮކްޓޯބަރު މަހުގެ ފަހުކޮޅު ޔޫރަޕުގައި ދެ ބޭފުޅުން ބައްދަލުކުރެއްވުމަށެވެ. އޭގެ އިތުރުން އަންނަ ހަފުތާގައި ފްރާންސްގެ ސަފީރު އަނބުރާ އެމެރިކާއަށް ވަޑައިގަންނަވާނެކަން އިއުލާނު ކުރި އެވެ.