Advertisement

ފީފާ އިން ވޯލްޑް ކަޕްގެ އާ ޕްރޮޕޯސަލް އިސްތިހާރުކުރުން ގޯސްވެއްޖެ

23 ސެޕްޓެންބަރު 2021 - 10:03 0

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން (ކ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.


ފީފާ އިން ވޯލްޑް ކަޕްގެ އާ ޕްރޮޕޯސަލް އިސްތިހާރުކުރުން ގޯސްވެއްޖެ

23 ސެޕްޓެންބަރު 2021 - 10:03 0

ޒިއުރިކް (ސެޕްޓެމްބަރު 23) - ފީފާ ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބާއްވަން ހުށަހަޅާފައިވާ ޕްރޮޕޯސަލާ ޕްރޮމޯޓްކުރަން ފީފާ އިން ގިނަ ކަންތައްތަކެއް ކުރަމުންދާ މައްސަލައިގައި ޔުއެފާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ މެއި މަހު ފީފާ ކޮންގްރެސްގައި ސައުދީ އަރަބިއްޔާ އިން ހުށަހެޅި ޕްރޮޕޯސަލަކީ ގިނަ ގައުމުތަކަކަށް ފުރުސަތު ލިބޭނެ ގޮތަށް ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕެއް ބޭއްވުމަށެވެ. މިއީ ފީފާގެ މެމްބަރުންތަކެއް ތާއީދުކޮށްގެން ހުށަހެޅި ޕްރޮޕޯސަލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ކޮންގެރެސްގައި އެ ފަހަރު ފީފާގެ 211 މެމްބަރު ގައުމުތަކުގެ ތެރެއިން 166 ގައުމުން ވަނީ މި ޕްރޮޕޯސަލް ބަލައިގަންނަން ނިންމައިފަ އެވެ. މި ޕްރޮޕޯސަލާ އެންމެ ދެކޮޅީ ޔޫރަޕް އެވެ.

ފީފާ އިން އިސްނަގައިގެން މިހާރު އަންނަނީ ވޯލްޑް ކަޕް ދެ އަހަރުން ބާއްވަން ބޭނުންވާ ސަަބަބުތައް އޮޅުންފިލުވައިދޭން ސެޝަންތަކެއް ބާއްވަމުންނެވެ. މިކަމުގައި ހަރަކާތްތެރިވަނީ ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިިވެލޮޕްމަންޓް، އާސެން ވެންގާ އެވެ.

ވެންގާ ވަނީ ފީފާގެ ފަރާތުން ޔުއެފާއާ އެކު އާ ވޯލްޑް ކަޕް ޕްލޭނުގެ މަޝްވަރާތަކަށް ހާއްސަ ބަައްދަލުވުމެއް ބާއްވަން ވިސްނާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ކަމަށް ޔުއެފާގެ ޝައުގުވެރިކަމެއް ނެތެވެ.

ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިނަ ކަންތައްތަކެއް މަޝްވަރާ މަރުހަލާގައި ވަނިކޮށް ފީފާ އިން ފުޓްބޯޅައިގެ މި ފަދަ ޕްރޮޕޯސަލެއް ޕްރޮމޯޓްކުރަން އެހާ ބޮޑަށް މަސައްކަތްކުރާ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އާ ވޯލްޑް ކަޕްގެ ޕްރޮޕޯސަލް ފީފާ އިން މި ގޮތަށް އިސްތިހާރުކުރުން ބަލައިގަންނަން އުނދަގޫ ކަމަށް ވެސް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ވެސް ވަނީ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ހުށަހަޅައިފަ އެވެ. އެކަމަކު، އެ ފަހަރު އެކަން ފާހެއްނުވި އެވެ. އެ ފަހަރު ވެސް އެންމެ ދެކޮޅު ހެދީ ޔޫރަޕުންނެވެ.

މި އަހަރު ނިމުމުގެ ކުރިން މި ޕްރޮޕޯސަލަށް ވޯޓަށް އަހާނެ ކަމަށް ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ވޯޓުން ފާސްވެއްޖެނަމަ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ފަށާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ.