ގުޅީފަޅު ޕޯޓް މަޝްރޫއު ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލަ ވައްދައިފި

ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުން ފެންނަ ފޮޓޯއެއް މަތިން ނަގާފައި --

ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުން ފެންނަ ފޮޓޯއެއް މަތިން ނަގާފައި --

ކ.ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށްޓަށް ބޮޑު ގެއްލުމެއް ދީގެން ހިންގާ މަޝްރޫއުއެއް ކަމަށް ބުނެ، އެ މަޝްރޫއުގެ މަސައްކަތް ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ. އޭނާއަކީ ތިމަވެށީގެ ކަންކަމުގައި ފުޅާ ގޮތެއްގައި އަޑުއުފުލާ ސޭވް ދަ މޯލްޑިވްސް ކެމްޕެއިންގެ މެންބަރެއް ވެސްމެ އެވެ.

މި މަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ބަލައިގެންފައިވާއިރު މާދަމާ މައްސަލާގެ ޑިސްޕިއުޓް މަރުހަލާ އެ ކޯޓުގައި ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ދައުލަތާ ދެކޮޅަށް އުފުލާފައިވާ ހުމައިދާގެ ދައުވާ ރައްދުވަނީ ހައުސިން މިނިސްޓްރީއަށާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށާއި، އެންޑްވަޔަރެމެން މިނިސްޓްރީއަށެވެ.

ހުމައިދާ މިއަދު ބުނި ގޮތުގައި, ދައުލަތުގެ ބަޖެޓުން 300 މިލިއަން ޑޮލަރުގެ ހޭދައެއް ކޮށްގެން ހިންގާ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް އިޔާދަނުކުރަނިވި ގެއްލުންތަކެއް ލިބޭނެ އެވެ.

އެގޮތުން, މަޝްރޫއުގެ ސަބަބުން ގުޅީފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއްކަމުގައިވާ “ހާންސްހާސް ޕްލޭސް” ނުވަތަ “ކިކި ރީފް” ފަނާވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ,

މި މަޝްރޫއު އަކީ އެކަށީގެންވާ މިންވަރަށް ކަންކަން ބަލާފައިނުވާ، އަދި ވަގުތާ، ހާލަތާ، ގެއްލުމާ ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއްނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފުވާ މަޝްރޫއުއެއް ކަމަށް އަހުރެންނަށް ގަބޫލުކުރެވެނީ

އޭނާ ބުނީ ރާއްޖޭގެ ތިމާވެށްޓާ، ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާ، މާހައުލީ ނިޒާމުތަކާ، ފައިސާއިން އަގުނުކުރެވޭ މި އެންމެހާ ނިއުމަތްތަކަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. އަދި މި ގެއްލުމުގެ ނޭދެވޭ އަސަރު ޖީލުތަކަށް ދެމިގެން ދާނެ ކަމަށެވެ.

titledesc

މި މައްސަލާއިގެ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގަންނަވަނީ ހަސަން ޒަކީ އެވެ. އޭނާ ވިދާޅުވީ މާދަމާ ކޯޓުގައި ފަށާ ޑިސްޕިއުޓް މަރުހަލާގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ދައުލަތާއެކު މަޝްވަރާ ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް, މައްސަލައިގެ ބާވަތުގެ ސަބަބުން ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ލިބޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ގުޅީފަޅަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ގެދޮރުވެރިކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައި އޮތް ބިމެކެވެ. ނަމަވެސް, ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތަނުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް ހުއްޓާލެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅު މިހާރު އޮތް ވަރަށްވުރެ ބޮޑަށް ހިއްކައި, އެ ތަނުގައި ވިޔަފާރި ބަނދަރު އަޅައި, މާލޭއާ ބްރިޖަކުން ގުޅުވާލުމަށެވެ. ގުޅީފަޅުގައި ވިޔަފާރި ބަނދަރު ހެދުމަށް ސިޓީ ކައުންސިލުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެކަމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސްއާ ބައްދަލު ވެސް ކުރައްވާފަ އެވެ.

ކުރީގެ ރައިސް ޔާމީންގެ ސަރުކާރުގައި ވިޔަފާރީގެ ބަނދަރު ހަދަން ނިންމާފައި އޮތީ ތިލަފުށީގަ އެވެ.

ތިލަފުށީގައި އަޅަން ނިންމި ބަނދަރު ގުޅިފަޅަށް ބަދަލުކޮށް ބޮޑު ސަރަހައްދެއް ހިއްކަން ފެށުމުން ތިމާވެށީގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން އޮތެވެ. ގުޅިފަޅު ހިއްކައިގެން ހިންގާ މަޝްރޫއުގައި ސަރުކާރުގެ ވިސްނުމަކީ މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ވެސް ގުޅީފަޅަށް ބަދަލުކުރުމެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހަރާތަކަށް ވެސް ހިމެނެ އެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މާސްޓަ ޕްލޭން އާއްމުކޮށްފައިވާއިރު، ޕޯޓަކާއި އިންޑަސްޓްރިއަލް ވިލެޖެއްގެ އިތުރުން ހިއްކާ ބިމުގެ 15 ޕަސެންޓް ބޯހިޔާވަހިކަމަށް ހާއްސަކުރަން އޮތީ ނިންމައިފަ އެވެ. ޕޯޓު ބަދަލުކުރަން ފުރަތަމަ ފިޔަވަހީގައި ޕްލޭންކޮށްފައި އޮތީ ހަ މިލިއަން ކިއުބިކް މީޓަރު ހިއްކާށެވެ. އެ މަސައްކަތް ވަނީ ނިންމައިފަ އެވެ.

މާސްޓާ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާކުރެ އެވެ. ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox