Advertisement

ޕީސީއޯއެސް ވާޗުއަލް ދުވުމުގައި ބައިވެރިވެގެން ހާއްސަ އިނާމުތަކެއް

23 ސެޕްޓެންބަރު 2021 - 06:56 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން


ޕީސީއޯއެސް ވާޗުއަލް ދުވުމުގައި ބައިވެރިވެގެން ހާއްސަ އިނާމުތަކެއް

23 ސެޕްޓެންބަރު 2021 - 06:56 0

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އަށް ހޭލުންތެރިކަން އިތުރުކުރުމަށް ވާޗުއަލް ދުވުމެއް ފަށަައިފި އެވެ.

ސެޕްޓެމްބަރު މަހަކީ ޕީސީއޯއެސް އަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ފާހަގަ ކުރާ މަހަކަށް ވާއިރު އެކި ޖަމިއްޔާތަކުންނާއި އިދާރާތަކުން ދަނީ މިކަމާއި ގުޅިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ޕީސީއޯއެސް އަކީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާ އެކެވެ. ޕީސީއޯއެސް ހުންނަ ނަމަ މައްސަރުކަންތައް ގަވާއިދުން ނުޖެހުމާއި، މައްސަރުކަންތައް ދިގުލައިގެން ދިއުމުގެ އިތުރުން ފިރިހެން ހޯމޯން ކަމުގައިވާ "އެންޑްރޯޖެން" ހަށިގަނޑުގައި އިތުރު ވެއެވެ. އަދި ހަށިގަނޑުގައި ދަރިމައިވުމަށް ބޭނުންވާ ބިސް އުފެއްދި ނަމަވެސް އެކަށީގެންވާ ވަރަށް ބިސް ބޮޑު ނުވެއެވެ.

ޕީސީއޯއެސް އަށް ހޭލުންތެރިކުރުވުމުގެ ދުވުން އިންތިޒާމުކުރަނީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން އެވެ. މި ދުވުން ކުރިއަށް ދަނީ މި މަހުގެ 17 އިން 30 ގެ ނިޔަލަށެވެ.

ވާޗުއަލްކޮށް ރެޖިސްޓާވެގެން ބައިވެރިވެވޭ މި ދުވުމުގައި ކޮންމެ ބައިވެރިއެއްވެސް ފުރިހަމަ ކުރަން ޖެހެނީ ފަސް ކިލޯ މީޓަރުގެ ދުވުމެއް ނުވަތަ ހިނގުމެކެވެ. އެއަށްފަހު ދުވުމުގެ މަންޒަރެއް ނުވަތަ އެނޫންވެސް ދުވުމާއި ގުޅޭ ފޮޓޯއެއް ނެގުމަށްފަހު ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އާއި ސޮނީ ސްޕޯޓްސް ޓެގްކޮށް އިންސްޓަގްރާމް ސްޓޯރީއަށް ލުމުން ދުވުން ފުރިހަމަ ވީ އެވެ.

ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި ހަތަރު ފަރާތަކަށް ސޮނީ ސްޕޯޓްސްގެ ފަރާތުން ވަނީ 500 ރުފިޔާ ވައުޗަރެއް ހުށަހަޅާފަ އެވެ. ނަސީބުވެރިން ހޮވުން އޮންނާނީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގަައި ކަމަށް ފާޓިލިޓީ ސަޕޯޓް ގްރޫޕުން ބުނެ އެވެ.