Advertisement

ތިނަދޫން ވެސް ކުޑަކުއްޖަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

17 ސެޕްޓެންބަރު 2021 - 20:31 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ގދ. ތިނަދޫ. ފޮޓޯ: ސްޓޫޑިއޯ 33


ތިނަދޫން ވެސް ކުޑަކުއްޖަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

17 ސެޕްޓެންބަރު 2021 - 20:31 0

ގދ. ތިނަދޫގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ގއ، އަދި ގދ، އަތޮޅު ހިމެނޭ ގޮތަށް ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް, އެ މައްސަލަ ފުލުހުންނާ ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަމުންދާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، އިއްޔެ އައްޑޫ ސިޓީގައި ކުޑަކުއްޖަކާ ބެހުނު ފުލުހެއްގެ މައްސަލައިގައި އާންމުން ނިކުމެ، މުޒާހަރާކޮށްފައި ވަނިކޮށެވެ. އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭވެސް ވަނީ ބޭނުންކޮށްފަ އެވެ.

އާންމުން މުޒާހަރާކޮށްފައި ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުނުކޮށް ދޫކޮށްފައި ހުރުމުންނެވެ. ފުލުހުން ވަނީ ރޭ އެ ފުލުސް މީހާ ހައްޔަރުކޮށްފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑްސްތައް ރާއްޖޭގައި އުޅެނީ މަތީގަ އެވެ. ރާއްޖޭގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ ގުޅޭ ގޮތުން ހެދި އެންމެ ފުރަތަމަ ދިރާސާގައިވާ ގޮތުން ބޮޑުވަމުންދާ ކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހެ އެވެ.