Advertisement

ބިމުގެ މައްސަލާގައި އޭޖީން ދައުލަތް ތަމްސީލުކުރަން އެންގި ހުކުމަށް އަމަލުކުރުން ފަސްކުރަން އެދިއްޖެ

16 ސެޕްޓެންބަރު 2021 - 15:40 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ބަންޑާރަ ނައިބު: ދައުލަތް ތަމްސީލުކުރާ މައްސަލާގެ ހުކުމް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައި


ބިމުގެ މައްސަލާގައި އޭޖީން ދައުލަތް ތަމްސީލުކުރަން އެންގި ހުކުމަށް އަމަލުކުރުން ފަސްކުރަން އެދިއްޖެ

16 ސެޕްޓެންބަރު 2021 - 15:40 0

ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ކަނޑައެޅި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުން މިފަދަ ވަގުތީ އަމުރަކަށް އެދުނީ ހައިކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައިގެ ތެރެއިންނެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން ވިދާޅުވި ގޮތުގައި އެ ހުކުމާމެދު ހިތްހަމަނުޖެހޭތީ, ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ ހުށަހަޅާފަ އެވެ.

އިސްތިއުނާފަށް ހުށަހެޅި ސަބަބަކީ, ހުސެއިން ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސެއް ކަމަށްވާތީ އެވެ.

އަދި, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކަކީ އެ ކައުންސިލްގެ މިލްކުގެ ތެރޭގައި ހިމެނޭތަންތަން ކަން އެނގެން އޮންނާތީ ކަމަށް ހުސެއިން ވިދާޅުވި އެވެ.

ހައިކޯޓުން ދިވެހި ދައުލަތް ތަމްސީލު ކުރުމާ ބެހޭ ހުކުމެއް ކުރީ އދ. ފެންފުށީން ބަންޑާރަ ބިމަކާ ގުޅޭ ގޮތުން އައްބާސް އަލީކަލޭގެފާނު ކިޔާ މީހަކު 1987 ވަނަ އަހަރު, ހުށަހެޅި ޝަކުވާއަކާ ގުޅޭ މައްސަލައެއްގަ އެވެ.

މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ދިވެހި ދައުލަތް ހިމަނައިގެންނެވެ. ނަމަވެސް, ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބޭ މުއައްސަސާތަކުން ކޯޓުގައި ތަމްސީލުކުރަނީ ސީދާ އެ މުއައްސަސާއަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތުމުން އދ. ފެންފުށީ ކައުންސިލަށް ޖަވާބުދާރީވާން އެންގި އެވެ.

އެކަމަކު, އެ ކައުންސިލުން ބުނީ މައްސަލާގައި ޖަވާބުދާރީވާނީ ދިވެހި ދައުލަތުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު ކަމެވެ. އަދި, އެ ކައުންސިލަށް ހައިކޯޓުގައި ޖަވާބުދާރީވުމުގެ ފަންނީ އަދި ގާބިލްކަން ލިބިފައިނުވާ ކަމަށެވެ. ގާނޫނީ ވަކީލެއް, ލީގަލް އޮފިސަރެއް ވެސް ނެތެވެ.

އެހެންވެ, ހައިކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އެކަން އެންގުމުން އެ އޮފީހުން ހައިކޯޓުގައި ފެންފުށީ ކައުންސިލް ތަމްސީލުކޮށް ބަންޑާރަ ނައިބަށް ވަކާލާތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އެގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނާ ސަބަބަކީ, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އަމިއްލަ ހައިސިއްޔަތު ލިބިފައި އޮތް ގާނޫނީ ޝަހުސިއްޔަތެއް ކަމެވެ.

މި ހިޔާލު ތަފާތުވުންތަކާއެކު, ހައިކޯޓުން މި މައްސަލާގައި އިއްވި ހުކުމްގައި ދައުލަތް ތަމްސީލުކުރާމެދު ވަނީ ގޮތް ކަނޑައަޅާފަ އެވެ;

އެގޮތުން, ހުކުމްގައި ބުނި ގޮތުގައި ގާނޫނުއަސާސީ ބަޔާންކުރާ ރާއްޖޭގެ ސަރަަހައްދުގެ ތެރޭ ހިމެނޭ ބިން މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. ވީމާ, ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ އެވެ.

އަދި, ދައުލަތާ ގުޅުންހުރި ގާނޫނު އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ހިމެނޭ ކަމެއްކަން ފާހަގަކުރި އެވެ.

"ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫން, ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް," ހުކުމްގައިވެ އެވެ.

"އެހެންވެ ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ ދައުލަތުގެ މަސްލަހަތު ހިމެނޭ މި ބާވަތުގެ މައްސަލަތަކުގައި ގާނޫނީ ލަފާދިނުމާއި ދައުލަތް ތަމްސީލު ކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ނުހިމަނައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން,"

އެކަންކަން އެހެން އޮތުމުން, މިފަދަ މައްސަލަތަކުގައި ބަންޑާރަ ނައިބުގެ އޮފީހުން އަތްފޮޅާލަން ދެއްކި ގާނޫނީ ތަރުޖަމާއަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ އަލީގައި ބަލާއިރު, ހައިކޯޓުން ބުނި ގޮތުގައި ރަނގަޅު ތަރުޖަމާއެއް ނޫން ކަމަށެވެ.

ހައިކޯޓުން ބުނި ގޮތުގައި, ދައުލަތުގެ އާންމު މަސްލަހަތު ހިމެނޭ މި ބާވަތުގެ މައްސަލަތަކުގައި ބަންޑާރަ ނައިބާއި ކައުންސިލްތަކާ ދެމެދު އޮންނަން ޖެހޭ އިދާރީ ގުޅުން ތަންޒީމުކުރުމަކީ އެ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަން ޖެހޭ ކަމެކެވެ.

އެހެންވެ, ހައިކޯޓުން މި މައްސަލާގެ އިސްތިއުނާފު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ވަކީލާއި ފެންފުށީ ކައުންސިލްގެ ހާޒިރުގަ އެވެ.