Advertisement

އެޕަލް ވޮޗް ސީރީޒް ހަތަކާއި އާ އައިޕެޑު ހާއްސަވާ ސަބަބުތައް

16 ސެޕްޓެންބަރު 2021 - 16:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެޕަލްގެ ސީއީއޯ ޓިމް ކުކް އާ އުފެއްދުންތައް ދައްކާލަނީ.


އެޕަލް ވޮޗް ސީރީޒް ހަތަކާއި އާ އައިޕެޑު ހާއްސަވާ ސަބަބުތައް

16 ސެޕްޓެންބަރު 2021 - 16:18 0

އެޕަލް ކުންފުނީގެ އާ އުފެއްދުންތައް މި ހަފުތާގައި ލޯންޗުކޮށްފައި ވާއިރު، އެޕަލް ވޮޗް ސީރީޒްގެ ހަތް ވަނަ ގަޑި އާއި އައިޕެޑުގެ އެންމެ ފަހުގެ ވާޝަން ވެސް ވަނީ ދައްކާލާފަ އެވެ.

އެޕަލް ވޮޗް ސީރީޒްގެ ހަތަކުން ފެންނަނީ 2018 ވަނަ އަހަރަށް ފަހުން ފުރަތަމަ ފަހަރަށް ގަޑީގެ ޑިޒައިނަށް ބަދަލު ގެނެސްފައިވާ ކަމެވެ. މިއީ ކުރީގެ ގަޑިތަކަށް ވުރެ ތަންކޮޅު ބޮޑުކޮށް ފަރުމާކޮށްފައިވާ ގަޑިއެކެވެ.

ގަޑީގެ ސައިޒު ބޮޑު ކުރުމާއެކު ކުރިއަށް ވުރެ 50 ޕަސެންޓު އިތުރު ޓެކްސްޓު ސްކްރީނަށް ފިޓުވެ އެވެ. ޓެކްސްޓް ލިޔުމަށް ހާއްސަ ކީބޯޑަކާއެކު މިއީ އެޕަލް ވޮޗް ޑަސްޓް ރިޒިޒްޓަންޓް ނުވަތަ ހިރަފުހުން ރައްކާތެވާނެ ގޮތަކަށް ނެރުނު ފުރަތަމަ ފަހަރެވެ. މި ގަޑި ވިއްކަން ފަށާ އަގަކީ 399 ޑޮލަރެވެ.

ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެޕަލް ވޮޗް ސީރީޒް ހަތެއްގެ ޕްރޮޑަކްޝަނަށް ލަސްތަކެއް ދިމާވުން އެކަށީގެންވެ އެވެ. އެޕަލް އިން ބުނީ މި އަހަރުގެ ފިނި މޫސުން ފެށުމުގެ ކުރިން އެ ގަޑި މާކެޓަށް ނެރޭނެ ކަމަށެވެ. ނަމަވެސް އާ އައިފޯނާއި އައިޕެޑު އަންނަ ހަފުތާއިން ފެށިގެން މާކެޓުގައި ހުންނާނެ އެވެ.

އެޕަލް އިން ލޯންޗު ކުރި އައިޕެޑްގެ އާ ވާޝަން އަށް ބަލާއިރު، އޭގައި ހިމެނޭ އޭ13 ޗިޕްގެ ސަބަބުން ކުރީގެ ވާޝަން އަށް ވުރެ ޕާފޯމަންސް އަވަސް ވާނެ އެވެ. އެޕަލް އިން ބުނީ މިއީ "ކްރޯމްބުކްއާ އަޅާ ބަލާއިރު ތިން ގުނަ އަވަސް ޑިވައިސްއެއް" ކަމަށެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ މިދިޔަ އަހަރު އައިޕެޑުގެ ވިޔަފާރި 40 ޕަސެންޓު ކުރިއަށް ޖެހުނު ކަމަށެވެ. ބަލިމަޑުކަމާ ހެދި ސްކޫލުތައް ބަންދު ކުރުމުން، ލެޕްޓޮޕްތަކަށް އޮތް ޑިމާންޑު އުފުލުނެވެ.

އާ އައިޕެޑް ވިއްކަން ފަށާ އަގަކީ 329 ޑޮލަރެވެ. ނަމަވެސް އެޕަލް އިން ބުނީ ސްކޫލުތަކަށް ވިއްކާނީ 299 ޑޮލަރަށް ހާއްސަ ޑިސްކައުންޓު އަގެއްގަ އެވެ.،

އަލަށް ލޯންޗުކުރި އައިޕެޑް މިނީގައި ހިމެނޭ އާ ފީޗާތަކަކީ ޔޫއެސްބީ-ސީ ފަންކަޝަނާއި، އެޕަލް ޕެންސިލް ސަޕޯޓާއި، ހޯމް ބަޓަންގެ ބަދަލުގައި މަތީގައި އިންނަ ލޮކް ބަޓަން ބޭނުންކޮށްގެން ޓަޗް އައިޑީ އެވެ. މި ޑިވައިސް ވިއްކަން ފަށާ އަގަކީ 662 ޑޮލަރެވެ.