Advertisement

އީސީގެ ރައީސްކަމަށް ފުއާދު އިންތިހާބުކޮށްފި

15 ސެޕްޓެންބަރު 2021 - 18:50 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އީސިގެ ރައީސަކަށް އިންތިހާބުކުރި ފުއާދު: ފުއާދު ރައީސްކަމަށް އިންތިހާބު ކޮށްފައިވަނީ އެ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ކަމަށް އީސީން ބުނޭ--


އީސީގެ ރައީސްކަމަށް ފުއާދު އިންތިހާބުކޮށްފި

15 ސެޕްޓެންބަރު 2021 - 18:50 0

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް އަނެއްކާ ވެސް، އެ ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގް އިންތިހާބު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފުއާދު ރައީސްކަމަށް އިންތިހާބު ކޮށްފައިވަނީ އެ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އީސީގެ ރައީސްގެ މަގާމު މިދިޔަ ޖޫން މަހު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.

މާޗް 2018އިން ފެށިގެން އީސީގެ ރައީސްގެ ގޮތުގައި ހުންނެވި ޝަރީފް އޭރު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމަ ނުކުރައްވަ އެވެ. އޭގެ ފަހުން އީސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެވެ.

ފުއާދަށް ރައީސްކަން ގެއްލުނީ 2013 ވަނަ އަހަރުގެ އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އިއްވެވި ހުކުމަކާ ގުޅިގެންނެވެ. އޭގެ ފަހުން އޭނާ މަސައްކަތާ ދުރުގައި ހުންނެވުމަށް ފަހު ނިމިގެން ދިޔަ މަޖިލީސް އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ. އެކަމަކު ކާމިޔާބެއް ނުހޯދުނެވެ. އޭނާ ދެ ވަނަ ފަހަރަށް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ފުއާދަކީ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމުގައި ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެކެކެވެ.