Advertisement

ބޮބް މާލީ އަށް ހާއްސަކުރި އަޔަކްސްގެ ޖޯޒީ ބޭނުންކުރަން ހުއްދަ ނުދިން!

14 ސެޕްޓެންބަރު 2021 - 13:50 0

ބޮބް މާލީ (ވ) އާއި އަޔަކްސް އިން އޭނާ އަށް ހާއްސަކުރި ޖޯޒީ.


ބޮބް މާލީ އަށް ހާއްސަކުރި އަޔަކްސްގެ ޖޯޒީ ބޭނުންކުރަން ހުއްދަ ނުދިން!

14 ސެޕްޓެންބަރު 2021 - 13:50 0

ޒިއުރިކް (ސެޕްޓެމްބަރު 14) - މަޝްހޫރު މިއުޒިކް ލެޖެންްޑް ބޮބް މާލީގެ "ތުރީ ލިޓްލް ބާޑްސް" ލަވަ އަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އަޔަކްސްގެ ތިން ވަނަ ޖޯޒީ މުބާރާތްތަކުގައި ބޭނުންނު ކުރެވޭނެ ކަމަށް ޔުއެފާ އިން ނިންމައިފި އެވެ.

އަޔަކްސް އިން މި ފަހަރު ޔޫރަޕްގައި ބޭނުންކުރުމަށާއި ނެދަލެންޑްސް ލީގުގައި ބޭނުންކުރަން ތިން ވަނަ ޖޯޒީ ޑިޒައިން ކުރީ ބޮބް މާލީގެ އާއިލާ ކައިިރިން ހުއްދަ ނެގުމަށް ފަހު ބޮބް މާލީގެ "ތުރީ ލިޓްލް ބާޑްސް" ލަވަޔަަށް ހާއްސަވާ ގޮތަށް ޖޯޒީގައި ތިން ދޫނި ވެސް ކުރަހައިގެންނެވެ.

ބޮބް މާލީގެ އާއިލާ އިން ވަނީ އަޔަކްސް އިން އެ ގޮތަށް ޖޯޒީ ފަރުމާކުރަން ނިންމުމަކީ ބޮބް މާލީގެ ލެގަސީ އަބަދު ވެސް ދިރުވޭނެކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ. އަދި ބޮބް މާލީގެ އާއިލާ އިން ބުނީ އޭނާ އަކީ ފުޓްބޯޅަ އަށް ހާއްސަ ލޯތްބެއް އޮތް މީހެއް ކަމަށެވެ.

އަޔަކްސް އިން ނެދަލެންޑްސް ލީގުގެ މެޗެއްގައި އެ ޖޯޒީ ބޭނުންކުުރުމާ އެކު ޔުއެފާގެ ސަމާލުކަމަށް އެކަން އައިސް ވަނީ އެ ޖޯޒީ ދެން ބޭނުންނުކުރެވޭނެ ކަމަށް އަންގައިފަ އެވެ.

އަޔަކްސް ޖޯޒީގައި ހަރުކޮށްފައިވާ ތުރީ ލިޓްލް ބާޑް އެމްބްލެމް (ކ) އާއި އަޔަކްސްގެ ޖޯޒީގައި ކުޅުންތެރިއަކު.


ޔުއެފާ އިން އަންގާފައިވަނީ އަޔަކްސް އިން ރަޖިސްޓްރީކޮށްފައިވާ ޖޯޒީ ޑިޒައިންތަކާއި އެ ކްލަބްގެ ލޯގޯގައިވާ ގޮތަށް ބަލާއިރު ޔުއެފާ އިން ހުއްދަ ދޭ ގައިޑްލައިނަށް ފެތެނީ ވަކި ޖޯޒީތަކެއް ކަމަށެވެ. އަދި އަޔަކްސް އިން މި ފަހަރު ހެދި ތިން ވަނަ ޖޯޒީގައި އެ ހުރި ބައެއް ކަންކަމަކީ އެ ކްލަބުން ޔުއެފާއާ އެއްބަސްވެފައިވާ އުސޫލުތަކާ ހިލާފުކަމެއް ކަމަށް ޔުއެފާ އިން ވަނީ ބުނެފަ އެވެ.

ކްލަބްގެ ލޯގޯ އިން ދޭން ބޭނުންވާ މެސެޖުގައި ކްލަބުން ބޭނުންކުރާ އިބާރާތްތަކުގެ އިތުރުން އެހެން ފަރާތެއްގެ ބައެއް ހިމެނުމަކީ މަނާކަމެއް ކަމަށް ޔުއެފާ އިން ވަނީ އަންގައިފަ އެވެ. އަދި އެއީ ސްޕޮންސަޝިޕް އެއްބަސްވުމެއްގެ ދަށުން ކުރާކަމެއް ނަމަ އެ ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.

އަޔަކްސްގެ އޮފިޝަލަކު ނެދަލެންޑްސް މީޑިއާ އަށް ބުނެފައިވަނީ މައްސަލަ ޖެހުނީ އަޔަކްސް އިން އެ ޖޯޒީގައި ބޭނުންކޮށްފައިވާ އިތުރު ކުލަތަކަކީ ޔުއެފާގައި އެ ޓީމުން ރަޖިސްޓްރީކޮށްފައިވާ އެ ޓީމުގެ ކުލަތަކެއް ނޫން ކަމަށާއި މައްސަލަ ދިމާވި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށެވެ.