Advertisement

އެސްޓީއޯ އިން ޑިޖިޓަލް ބޭންކިން ހިދުމަތުގެ ލައިސަންސް އަށް އެދެފި

7 ސެޕްޓެންބަރު 2021 - 11:47 0

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު (ވ-2) އާއި އެ ކުންފުނީގެ އިސްވެރިން އެމްއެމްއޭގެ ދޮރުމަތީގައި. --ފޮޓޯ: އަދަދު


އެސްޓީއޯ އިން ޑިޖިޓަލް ބޭންކިން ހިދުމަތުގެ ލައިސަންސް އަށް އެދެފި

7 ސެޕްޓެންބަރު 2021 - 11:47 0

އެސްޓީއޯ އިން ރާއްޖޭގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދިނުމަށް ލައިސަންސް ހޯދުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިއަދު ހުށަހަޅައިފި އެވެ.

އެސްޓީއޯގެ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާންމުންނަށް ޑިޖިޓަލް ބޭންކިން ހިދުމަތް ދޭން ފެށުމެވެ.

މަރުކަޒީ ބޭންކަށް ލިޔެކިޔުން ހުށަހެޅުމަށް ފަހު ނޫސްވެރިން ގާތު ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ މިއީ ޑިޖިޓަލް ބޭންކިން އަކީ ގައުމުގެ ކަންކަން ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމުގެ މައިބަދައަށް ވާނެ ކަމަށެވެ. ޑިޖިޓަލް ބޭންކިންއާ އެކު ކޮންމެ މީހަކަށް ވެސް އެ މީހެއްގެ މާލީ މުއާމަލަތްތައް އަމިއްލައަށް މެނޭޖްކުރެވި، ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިޖިޓަލް ބޭންކިން އަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ކަމެއް. ރާއްޖެ ކުރީގައި އުޅެ މިކަން ހާސިލްކޮށްފި ނަމަ އެއީ ބޮޑު ކުރިއެރުމަކަށްވާނެ،" އަމްރު ވިދާޅުވި އެވެ.

ސީޑީއީ ކޮންސަލްޓަންސީއާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމާ ގުޅޭގޮތުން ކުރި ސާވޭއެއްގެ މައްޗަށް އެސްޓީއޯ އިން ވަނީ މިކަމުގެ މާކެޓް ސްޓަޑީއެއް ވެސް ހަދައިފަ އެވެ. އަދި މި އެ ސްޓަޑީ ހެދުމަށް ފަހު ބޭރު ބަޔަކާ ގުޅިގެން ކުރެވުނު އިތުރު ދިރާސާތަކުގެ އަލީގައި ބޭންކުން އިތުރު ޑޮކިއުމެންޓޭޝަން ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.

މިއީ އެސްޓީއޯ އިން ޒަމާނީ ހިދުމަތްތައް ތައާރަފުކޮށް، ކުންފުނީގެ މާލީ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ. އެސްޓީއޯ އަކީ ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، މިހާރު ވެސް އެންމެ ގިނަ ވިޔަފާރީގެ ހަރަކާތްތައް ހިންގާ ކުންފުންޏެވެ. އޭގެ ތެރޭގައި ޕެޓްރޯލާއި ޑީސަލުން ފެށިގެން ގޮސް ބޭހާއި ކާޑުގެ ބާވަތްތަކާއި އެހެނިހެން ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނު ހިމެނެ އެވެ.