Advertisement

17 އަހަރުގެ ކުއްޖާ ރަހީނުކުރި މައްސަލައިގައި 3 މީހަކު ހައްޔަރު ކޮށްފި

25 އޮގަސްޓު 2021 - 10:45 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފުލުހުން ތަހުގީގެއްގައި ހަރަކާތްތެރިވަނީ: ކުޑަކުއްޖާ ރަހީނުކުރި މައްސަލަ ތަހުގީގުކުރަން އެ ރަށަށް ވަނީ ފުލުހުންނާއި ޖެންޑާގެ ޓީމެއް ގޮސް ތަހުގީގު ފަށާފައި. -- ފޮޓޯ: ހުސެން ޝަޔާހު/އަދަދު


17 އަހަރުގެ ކުއްޖާ ރަހީނުކުރި މައްސަލައިގައި 3 މީހަކު ހައްޔަރު ކޮށްފި

25 އޮގަސްޓު 2021 - 10:45 0

އުތުރުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

އެ ކުއްޖާ ރަހީނުކޮށްފައި ވަނީ މިދިޔަ އާދީއްތަދުވަހުގެ ރެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ޖެހިގެން އައި ދުވަހެވެ.

މި މައްސަލަ ތަހުގީގު ކުރަން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް އިއްޔެ ވަނީ ތަހުގީގު ފަށައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 31 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ރަހީނުކުރުމުގެ ފަހަތުގައި އޮތް ސަބަބެއް އަދި ކުއްޖާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

މީހުން ރަހީނުކޮށް އަނިޔާކުރުމުގެ މައްސަލަތަކެއް މި ފަހުން ފެންމަތިވެފައިވެ އެވެ. މި އަހަރުގެ މެއި މަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ވަނީ އުފުލައިފަ އެވެ.

އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަން ޕީޖީން ވަނީ ނިންމައިފަ އެވެ.