Advertisement

ފަސޭހަކަމާއެކު މަސްކަރާ ފިލުވާލާނީ ކިހިނެއް؟

22 އޮގަސްޓު 2021 - 05:44 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ފަސޭހަކަމާއެކު މަސްކަރާ ފިލުވާލާނީ ކިހިނެއް؟

22 އޮގަސްޓު 2021 - 05:44 0

ބޮޑު ޕާޓީއެއް ނިންމާލައި ގެއަށް އައިސް އަވަހަށް އޮށޯވެލަން ބަލާއިރުގައި މޫނުގައި ބޯކޮށް ފައުންޑޭޝަނެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކެވެ. ލޮލުގައި ހުރި އެކިކުލަތަކާއި ބުމައިގައި ޖައްސާފައި ހުރި ކުލައެވެ. އަދި ނިމުނީކީއެއް ނޫނެވެ. ލޮލުގައި ޖައްސާފައި ހުރި މަސްކަރާވެސް އެހެރީ ދަގަނޑަށްވެފައެވެ. އަނެއް ދެ ގަޑިއިރު މި ތަކެތި ފިލުވަން ހޭދަކުރަންވީ ހެއްޔެވެ؟

ބައެއް މަސްކަރާތަކަކީ ފެން ފޮދެއް ހާކާލުމުން ނިކަން ފަސޭހައިން ފިލުވައިލެވޭ އެއްޗެކެވެ. ނަމަވެސް ވޯޓާ ޕްރޫޕް މަސްކަރާތަކަކީ އެހާ ފަސޭހައިން ފިލުވައިލެވޭ އެއްޗެއް ނޫނެވެ. އިތުރު ހިތްވަރާއި އުކުޅެއް ބޭނުން ވެދާނެ އެވެ.

މި ހިމަނާލަނީ މަޝްހޫރު މޭކަޕް ބްރޭންޑް, މޭބަލިން ކޮސްމެޓިކްސް އިން ހިއްސާކޮށްފައިވޭ ދެތިން ޓިޕްސް އެވެ.

އާންމު މަސްކަރާ

ރެގިއުލާ ނުވަތަ އާންމުކޮށް މި ހުންނަ މަސްކަަރާ ފުހެލުމަށްވެސް ފަހަރެއްގައި ތާފަނާ ފެން ފޮދެއް އެކަނި ނުފުދި ދާނެ އެވެ. މާ ބާރު ބާރަށް ގަދަކަމުން އެ ފިލުވަން އުޅުމަކީ ރަނގަޅު ކަމެއްވެސް ނޫނެވެ. ލޮލަށް ގެއްލުމެއް ލިބިދާނެ އެވެ. މި ކަހަލަ މަސްކަރާ ފުހެލުމަށް އެންމެ ބޭނުންތެރި އެކައްޗަކީ މޭކަޕް ރިމޫވާ އެކެވެ. މިގޮތުން މައިސެލާ ވޯޓާ ނޫނީ މިކަމަށް ހާއްސަ ލޮލުގެ މޭކަޕް ރިމޫވާއެއްވެސް ބޭނުންކުރެވިދާނެ އެވެ. ސާފު ކަފަކޮޅެއްގައި ހޭކުމަށްފަހު މަޑު މަޑުން އެސްފިޔަތަކުގައި ހާކާލާށެވެ.

ވޯޓާ ޕްރޫފް މަސްކަރާ

ވޯޓާ ޕްރޫފް މަސްކަރާ ފިލުވާލުމަކީ ތަންކޮޅެއް އުނދަގޫ ކަމެކެވެ. ބައެއް މީހުން ބުނާގޮތުގައި މިފަދަ މަސްކަރާ ފިލުވަން ބޭބީ އޮއިލް ނުވަތަ ވެސްލިން އަކީ އެންމެ ބޮޑު އެހީތެރިޔާ އެވެ. މީގެ ސަބަބުން އެސްފިޔަތައް އިތުރަށް މޮއިސްޗަރައިޒް ވާނެ އެވެ.

މޭބަލިންއިން ރިކޮމެންޑްކުރާ ދެ ބާވަތަކީ ބޭބީ އޮއިލް އާއި ކާށި ތެލެވެ. ކުޑަ ކޮޓަން ޕެޑްއެއްގައި ހޭކުމަށްފަހު ގާތްގަނޑަކަށް 20-30 ސިކުންތު ވަންދެން ލޯމަތީގައި ބާއްވާށެވެ.. އޭރުން މަސްކަރާތައް މަޑުކޮށްދީ ފިލުވާލަން ފަސޭހަވާނެ އެވެ. އެއަށް ފަހު ދެން މަޑުން ތިިރިއަށް ދަމާލާށެވެ. އަދި ކޮޓަން ޕެޑް ފަތްޖަހާލައި އެސްފިޔަތަކުގެ ތިރީގައި ހާކާލާށެވެ. އޭރަށް ހޭކިފައި ހުރި ހުރިހާ މަސްކަރާތައް ފަސޭހައިން ފޮހެވޭނެ އެވެ.

މަސްކަރާ ނުފިލުވައިފި ނަމަ ވާނީ ކިހިނެއް؟

މަސްކަރާ އާއި އައި މޭކަޕް ރަނގަޅަށް ނުފޮހެ ނިދާ ނަމަ ލޮލުގެ ފެނުމަށް ގެއްލުންތަކެއް ވެދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ލޮލުގެ އައިލިޑްގެ ތިރީގައި މިފަދަ މޭކަޕް ބާވަތްތަކުގެ މާއްދާތައް އެކުވެ، ލޮލުގެ ކޯނިއާ އަށް ގެއްލުންވެ ލޮލުގެ ފެނުމަށް އަސަރުކޮށްފާނެ އެވެ.

ލޮލުގެ މޭކަޕާއި މަސްކަރާ ނުފޮހެ ނިދާނަމަ ތިދެނީ ޖަރާސީމު އާލާވާން ރަނުގެ ފުރުސަތެކެވެ. އަދި ބާލިހުގައި ނުވަތަ އެނދުމަތީގައި މޭކަޕް ހޭކި އިތުރު ޖަރާސީމް އުފެދެން މަގުފަހިވެއެވެ. ގިނަ އިރުވަންދެން މަސްކަރާ ނުފޮހެ ހުންނަނަމަ އެސްފިޔަތައް މުރުނަވެ، ފޭބުމަށްވެސް މަގުފަހިވެ އެވެ.