Advertisement

ހިޔާ ފްލެޓުގެ ހައްގުވެރިން ބޭނުންވާ ފުރިހަމަ ހައްލު ރެއިންބޯ އެންޓަޕްރައިސަސް އިން

19 އޮގަސްޓު 2021 - 13:25 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް: މިތަނުން ބައެއް ޓަވަރުގައި މިހާރު ފިނިޝިން މަސައްކަތް ކުރެވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ހިޔާ ފްލެޓުގެ ހައްގުވެރިން ބޭނުންވާ ފުރިހަމަ ހައްލު ރެއިންބޯ އެންޓަޕްރައިސަސް އިން

19 އޮގަސްޓު 2021 - 13:25 0

ހިޔާ ފްލެޓްތަކުގެ ފިނިޝިން އަދި ފާނިޝިން މަސައްކަތްތައް ނިންމަން ބޭނުންވާ މީހުންނަށް ރެއިންބޯ އެންޓަޕްރައިޒްއިން "ހިޔާ ފްލެޓް އިންޓީރިއާ ހައްލު" ޕެކޭޖްތައް ތައާރަފުކޮށްފި އެވެ.

ރެއިންބޯގެ މި ޕެކޭޖްތަކުގެ ތެރޭގައި ބިލްޑްވެއާ، ފަރުނީޗަރު އަދި ކިޗަން ޕެކޭޖްތައް ހިމެނެ އެވެ. އަދި ހިޔާ ފްލެޓްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލަން ބޭނުންވާ މީހުންނަށް މި ތިން ޕެކޭޖުގެ ހުރިހާ ކަމެއް ހިމެނޭ "ހިޔާ ގްރޭންޑް" ޕެކޭޖް ވެސް ހިމެނެ އެވެ.

ބިލްޑްވެއާ

ރެއިންބޯ ބިލްޑްވެއާ ޕެކޭޖު ހާއްސަ ވަނީ ފިނިޝިން މަސައްކަތަށެވެ. މި ޕެކޭޖުގެ ތެރޭގައި ހިމެނެނީ ޓައިލްސް އާއި ދޮރާއި ފަންކާ ފަދަ ގެޔެއްގައި ދިރިއުޅެން ކޮންމެހެން ފުރިހަމަކުރަން ޖެހޭ ކަންކަމެވެ.

މި ޕެކޭޖްތައް ފަށާ އަގަކީ އަގަކީ 86،000ރ. އެވެ. އަދި މި އަގުގެ ތެރޭގައި ތަކެތީގެ އަގާއި މަސައްކަތުގެ އަގު ވެސް ހިމެނެ އެވެ.

ބިލްޑްވެއާ ޕެކޭޖުގެ އަގު ތަފާތުވަނީ އެ މީހަކަށް ލިބޭ އެޕާޓްމަންޓެއްގެ ގޮތުންނެވެ. ހިޔާ ފްލެޓްތަކުގައި ތިން ވައްތަރެއްގެ އެޕާޓްމަންޓެއް ހިމެނޭއިރު، މި ތަންތަނުގެ ބޮޑު މިނުގައި އަކުފޫޓުން ތަފާތު އުޅެ އެވެ. އަދި، ޓައިލްސްގެ އަދަދު ގިނަ ވާތީ އަގުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް އުޅޭނެ އެވެ.

މިސާލަކަށް މުޅި ފްލެޓުގައި އަލުން ޓައިލް ޖެހުމުގެ ބަދަލުގައި، ފާހަނާގައި ހަރުކޮށްފައި ހުންނަ ޓައިލްތައް ނުނަގާ ވެސް ޓައިލް ޖެހިދާނެ އެވެ. އަދި ރެއިންބޯގެ ފުޅާ ޕްރޮޑަކްޓް ރޭންޖުގެ ތެރެއިން އެ މީހަކު ބޭނުންވާ ޑިޒައިނެއްގެ ދޮރާއި ޓައިލްސް ހިޔާރުކޮށްގެން އެ މަސައްކަތް ކުރެވޭނެ އެވެ.

ފަރުނީޗަރު

ރެއިންބޯ ފާނިޗާ ޕެކޭޖްތަކުގެ ތެރޭގައި ތަފާތު ހަތަރު ވައްތަރެއްގެ ޕެކޭޖް ހިމެނެ އެވެ. މި ހުރިހާ ޕެކޭޖަކުން ދެ ކޮޓަރީގެ ބެޑް ރޫމް ސެޓް، ޑައިނިން ޓޭބަލް އަދި ލިވިން ރޫމުގައި ބަހައްޓާނެ ފަރުނީޗަރު ލިބެ އެވެ. މި ޕެކޭޖްތައް ފަށާ އަގަކީ 38،879ރ. އެވެ.

ފާނިޗާ ޕެކޭޖްތަކުގައި އަގު ތަފާތުވަނީ އެ މީހަކު ހިޔާރު ކުރާ ޕެކޭޖެއްގެ ގޮތުންނެވެ. މި ޕެކޭޖްތަކުގެ ތެރޭގައި އެކި ކޮލިޓީގެ ފަރުނީޗަރު ހިމެނެ އެވެ. މި ޕެކޭޖްތައް ނަންގަވާ ފަރާތްތަކަށް ވެސް އެ މީހަކު ބޭނުންވާ ފަރުނީޗަރު ހިމަނައިގެން މުޅި ޕެކޭޖް ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރެވެ އެވެ.

ރެއިންބޯ ހިޔާ ފަރުނީޗަރު ޕެކޭޖް 1.


ކިޗަން

ރެއިންބޯ ކިޗަން ޕެކޭކްތަކުގެ ތެރޭގައި ވެސް ހަތަރު ވައްތަރެއްގެ ޕެކޭޖް ހިމެނެ އެވެ. މި ކިޗަން ޕެކޭޖްތަކުގެ ތެރޭގައި ބަދިގެ ސެޓުގެ އިތުރުން، ބަދިގެޔަށް ބޭނުންވާ ހުރިހާ އެޕްލަޔަންސަކާއި ސިންކާއި ހުޑް ހިމެނެ އެވެ. މި ޕެކޭޖްތައް ފަށާ އަގަކީ 75،125ރ. އެވެ.

ކިޗަން ޕެކޭޖްތަކަކީ ވެސް ކަސްޓަމައިޒް ކުރެވޭ ޕެކޭޖްތަކެކެވެ. އަދި ރެއިންބޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އެ މީހަކު ބޭނުންވާ އެޕްލަޔަންސްތަކާއި އެހެން ޕްރޮޑަކްޓްތައް ހިމަނައިގެން އަޕްގްރޭޑް ކުރެވޭނެ އެވެ. އަދި ބަދިގެ ސެޓު ވެސް އެ މީހަކު ބޭނުން ގޮތަކަށް ފަރުމާކޮށްލެވޭނެ އެވެ.

ރެއިންބޯ ހިޔާ ކިޗަން ޕެކޭޖް. --


ހިޔާ ގްރޭންޑް

ހިޔާ ގްރޭންޑް ޕެކޭޖަކީ ހިޔާ ފްލެޓްތަކުގެ އިންޓީރިއާގެ ފުރިހަމަ ހައްލެވެ. މި ޕެކޭޖު ނަގާ މީހުންނަށް ފިނިޝިން، ފާނިޝިން އަދި ކިޗަންގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ އެވެ. މި ޕެކޭޖު އެންމެ ހާއްސަ ކަމަކީ ވެސް ކަސްޓަމަރަކު ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކުރެވުމެވެ.

ރެއިންބޯގެ ހިޔާ ޕެކޭޖްތަކަށް މި ވަގުތު ރާއްޖެއިން ލިބެން ހުރި ގިނަ ފައިނޭންސިން ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އެވެ. މިގޮތުން ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިވެހި އިންޝުއަރަންސް އަދި އެމްއެފްއެލްސީގެ ފައިނޭންސިން ބޭނުން ކުރެވެ އެވެ.

ރެއިންބޯއިން ބުނީ މި ޕްރޮޑަކްޓްތަކުގެ އިތުރު މައުލޫމާތު ރެއިންބޯ ލިވިން މޯލްއަށް ގޮސްގެން ނޫނީ ރެއިންބޯއަށް ގުޅައިގެން ލިބޭނެ ކަމަށެވެ. އަދި މި ޕްރޮޑަކްޓްތައް ބަލާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ލިބޭނެ އެވެ.