Advertisement

ނަސާރާ ދީނުގެ ލިޔުންތައް ފަތުރަން އުޅުނު މައްސަލައެއްގައި ދެ ބިދޭސީން ހައްޔަރުކޮށްފި

27 މާރިޗު 2024 - 14:06 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހިޔާ ފްލެޓްތައް: -- ފޮޓޯ: އަދަދު


ނަސާރާ ދީނުގެ ލިޔުންތައް ފަތުރަން އުޅުނު މައްސަލައެއްގައި ދެ ބިދޭސީން ހައްޔަރުކޮށްފި

27 މާރިޗު 2024 - 14:06 0

ހިޔާ ފްލެޓުގެ މެއިލް ބޮކްސްތަކަށް ނަސާރާ ދީނުގެ ލިޔުންތަކަށް ލިންކު ހިމެނޭ ކާޑުތަކެއް ބަހައި ލިޔުންތަކެއް އެޅި މައްސަލައެއްގައި ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

މިކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ދައުރުވާން ފެށީ ސޯޝަލް މީޑިއާގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ޕޯސްޓުތަކުން ފެންނަނީ ބޭރު ދެ އަންހެނަކު ހިޔާ ފްލެޓުތަކުގެ މެއިލް ބޮކްސްތައް ކައިރީގައި ހަރަކާތްތެރިވާ ފޮޓޮއަކާއި އެ މީހުން މެއިލްބޮކްސްތަކަށް އަޅަމުން ދިޔަ ކަމަށް ބުނާ ކާޑުތައް ހިމެނޭ ފޮޓޯތަކެކެވެ.

އެ ފޮޓޯތަކުން ފެންނަ ކާޑުތަކުގައި ބައިބަލްގެ ދިވެހި ތަރުޖަމާގެ ލިންކެއް ހިމެނޭ ކިޔުއާރު ކޯޑަކާއި ނަސާރާ ދީނުގެ މައުލޫމާތު ހިމެނޭ ފިލްމެއްގެ ލިންކެއް ހިމެނޭ ކިޔުއާރު ކޯޑެއް ހިމަނާފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހިޔާ ފްލެޓުގެ މެއިލް ބޮކްސްތަކަށް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ޖަރުމަނަށް ނިސްބަތްވާ ދެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެ މީހުން ވެސް ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓް ވިސާގަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.