ވެލިގަނޑު ރިސޯޓު ހިއްކާއިރު މަޑިވަރު ފަޅަށް ގެއްލުންވާތީ އިހުތިޖާޖު ކުރަނީ

ވެލިގަނޑު ރިސޯޓުން ވެލިފިނޮޅު ބޮޑުކުރަން ހިއްކަމުންދާ ސަރަހައްދުގައި ކުރަމުންދާ އިހުތިޖާޖު. -ފޮޓޯ: މުހައްމަދު ނާހިދު

ވެލިގަނޑު ރިސޯޓުން ވެލިފިނޮޅު ބޮޑުކުރަން ހިއްކަމުންދާ ސަރަހައްދުގައި ކުރަމުންދާ އިހުތިޖާޖު. -ފޮޓޯ: މުހައްމަދު ނާހިދު

އއ. އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުން މަޑިވަރު ފަޅުގެ ބައެއް ގަވައިދާ ހިލާފަށް ހިއްކަމުންދާ ކަމަށް ބުނެ، އެ އަތޮޅުގެ ރަސްދޫ ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ވެލިގަނޑު ރިސޯޓުން ކުރަމުންދަނީ އެ ރިސޯޓުގެ ބައެއްގެ ގޮތުގައި ޖެހިގެން އޮތް ވެލިފިނޮޅުގެ ބިން ހިއްކައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެކެވެ.

އަދި އެއީ އީއައިއޭ ވެސް ހެދިގެން އީޕީއޭގެ ހުއްދައިގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.

Advertisement

ޑައިވިން އަދި ސްނޯކްލިންއަށް މަގުބޫލު ޕޮއިންޓުތަކެއް އެ ފަޅުގައި ހިމެނޭއިރު، ވެލިގަނޑު ރިސޯޓުން ހިއްކުމަށް ކުރާ މަސައްކަތްތަކުން އެ ސަރަހައްދަށް ގެއްލުންވަމުންދާ ކަމަށް ދަނީ ބުނަމުންނެވެ.

ރަސްދޫގައި ގެސްޓްހައުސް ހިންގާ މުހައްމަދު ޝަފީގު "އަދަދު"އަށް މިރޭ ވިދާޅުވީ އެ ފަޅަކީ ޓޫރިޒަމަށް ވަރަށް މުހިންމު ފަޅެއް ކަމަށާއި، އެތަނަށް ގިނަ ސަފާރީތައް ވެސް އަންނަ ކަމަށެވެ.

"އެއީ ވަރަށް ރަނގަޅު ޓާޓަލް ސްޕޮޓެއް ވެސް މެ. އެކަމަކު އެތަން ހިއްކާތީ މިހާރު މުޅި ސަރަހައްދު ވަނީ އެއްކޮށް ކިލަނބުވެފައި،" ޝަފީގު ވިދާޅުވި އެވެ.

އަދި އެ ފަޅުގައި އީޕޭއޭއިން ހިމާޔާތްކޮށްފައިވާ ކަނޑި ފިނޮޅު މިހާރު ނެތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެއާއެކު އެ ރަށުގެ ބައެއް ރައްޔިތުން ދަނީ ހިއްކާފައިވާ ސަރަހައްދަށް ޖަމާވެ އިހުތިޖާޖު ކުރަމުންނެވެ.

އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާއިރު، އެ މަސައްކަތް ހުއްޓާނުލަނީސް އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ވެލިގަނޑު
ވެލިގަނޑު

ވެލިގަނޑު ރިސޯޓުން ވެލިފިނޮޅު ބޮޑުކުރަން ހިއްކަމުންދާ ސަރަހައްދު. -ފޮޓޯ: މުހައްމަދު ނާހިދު

އެ މައްސަލަ ހައްލުކުރަން ރަސްދޫ ކައުންސިލުން ވެސް މަސައްކަތް ކުރަމުންދާކަން އެނގިފައިވީ ނަމަވެސް، އެތަނުގެ ބަހެއް އަދި ނުލިބެ އެވެ.

ރަސްދޫ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި، ވެލިގަނޑު ރިސޯޓުން މިހާރު ވެސް ވަނީ އެތަނުގެ އިހުތިސޯސުން ބޭރުން 200 މީޓަރުގެ ސަރަހައްދެއް ހިއްކައިފަ އެވެ.

ނަމަވެސް، ވެލިގަނޑު ރިސޯޓުގެ ޖެނެރަލް މެނޭޖަރު އެކަން ދޮގުކުރައްވަ އެވެ.

އޭނާ މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދަނީ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމަށާއި، އެކަމަށް އީޕީއޭއިން ވެސް ހުއްދަ ދީފައިވާ ކަމަށެވެ.

"މިއީ ސިއްރުން ކުރާ ކަމެއް ނޫން. މިއީ ހުރިހާ ހުއްދަތަކެއް ނަގައިގެން ހާބާ އެކްސްޕޭންޝަން ޕްރޮޖެކްޓަކަށް ހިއްކާ ކުޑަ ތަންކޮޅެއް. ހުރިހާ ލިޔެކިޔުންތަކެއް ޕޮލިހާއި އީޕީއޭގަ ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ވެލި ނަގާފައިވަނީ ވެސް އީޕީއޭއިން ހުއްދަ ދިން ގޮތަށް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

އެ ކަމާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މިހާރު ޖެހިގެން އުޅޭ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"މި ބަލަނީ ދެވިފައިވާ ހުއްދައާ ހިލާފަށް ކަމެއް ހިނގާފައިވޭތޯ،" ނައީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox