Advertisement

ޕްލޭނިން މިނިސްޓްރީއަށް ސައިބާ އެޓޭކެއް، މަސައްކަތަށް ބުރޫއަރައިފި

2 އޮގަސްޓު 2021 - 21:05 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ޕްލޭނިން މިނިސްޓްރީއަށް ސައިބާ އެޓޭކެއް، މަސައްކަތަށް ބުރޫއަރައިފި

2 އޮގަސްޓު 2021 - 21:05 1

ސައިބާ އެޓޭކެއް ދިނުމުގެ ސަބަބުން ޕްލޭނިން އަދި ހައުސިން މިނިސްޓްރީގެ މަސައްކަތްތަކަށް ބުރޫއަރާފައިވާކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދިން އެ ސައިބާ އެޓޭކާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ގިނަ ކޮމްޕިއުޓަރުތައް ހުޅުވުން ވެސް ވަނީ މި ވަގުތަށް މަނާކޮށްފަ އެވެ.

އެކަމާ ގުޅިގެން "އަދަދު"އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެކަން ދޮގު ކުރެއްވި އެވެ.

"މި މިނިސްޓްރީއަށް ސައިބާ އެޓޭކެއް ނާދޭ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އެހެން ވިދާޅުވި ނަމަވެސް، އެފަދަ އެޓޭކެއްގެ ސަބަބުން ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށް "އަދަދު"އަށް ވަނީ އެނގިފަ އެވެ.

އެކަން ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވެސް ޔަގީންކޮށްދީފަ އެވެ.

އެގޮތުން، އެތަނުގެ ގިނަ ކޮމްޕިޔުޓަރުތައް ބޭނުން ނުކުރުމަށް އަންގާފައިވާއިރު، އެ މައްސަލަ އަދިވެސް ހައްލުނުވާތީ ގިނަ މުވައްޒަފުން އިއްޔެ އޮފީހަށް ވެސް ނުނެރޭކަން އެނގިފައި ވެ އެވެ.

އެ އެޓޭކުގެ އަސަރުކޮށްފައިވާ ކޮމްޕިޔުޓަރުތައް ފޯމެޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ މިނިސްޓްރީގެ ސާވާތަކުގައި ހުރި މައުލޫމާތެއް ގެއްލުނު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މީގެ ކުރިން ވެސް އެ މިނިސްޓްރީއަށް އެފަދަ ހަމަލާއެއް އަމާޒުވެފައި ވެ އެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.