Advertisement

ކޮވިޑް ކޮންޓްރޯލް ނުވި ނަމަވެސް ލަންކާ ސިވިލް ސާވަންޓުން އޮފީހަށް ނުކުންނަން އަންގައިފި

31 ޖުލައި 2021 - 12:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީ ލަންކާގެ މަގުމަތީގައި މީހުން މާސްކު އަޅައިގެން.-- ފޮޓޯ: އޭއެފްޕީ


ކޮވިޑް ކޮންޓްރޯލް ނުވި ނަމަވެސް ލަންކާ ސިވިލް ސާވަންޓުން އޮފީހަށް ނުކުންނަން އަންގައިފި

31 ޖުލައި 2021 - 12:12 0

ކޮލޮމްބޯ، ސްރީ ލަންކާ (ޖުލައި 30) - ސްރީ ލަންކާގައި ކޮވިޑް ކޮންޓްރޯލް ނުކުރެވި ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ގޭގައި މަސައްކަތް ކުރުމުގެ އިހްތިޔާރު އުވާލައި 1.2 މިލިއަން ސިވިލް ސާވަންޓުން ހޯމަ ދުވަހުން ފެށިގެން އޮފީހަށް ނުކުންނަން އަންގައިފި އެވެ.

ސިވިލް ސާވިސްގެ ޗީފް ޕީބީ ޖަޔަސުންދެރަ ވިދާޅުވީ ގިނަ ސިވިލް ސާވަންޓުން ވެކްސިން ޖަހާފައި ވާތީ ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

އެގޮތަށް ނިންމިއިރު، ޖުލައި މަހު ފެށުނު އިރާ އަޅާ ބަލާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ ދެ ގުނަ އިތުރުވެ 2،000 އަށް އަރާފަ އެވެ. އެއާއެކު ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފަ އެވެ.

ސަރުކާރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 9.17 މިލިއަން މީހުން ނުވަތަ އާބާދީގެ 43 ޕަސެންޓު މީހުން ވަނީ ވެކްސިންގެ އެއް ޑޯޒް ޖަހާފަ އެވެ. ދެ ޑޯޒް ޖަހާފައި ވަނީ ދެ މިލިއަން މީހުންނެވެ.

ބަލިމަޑުކަން ފެށުނު ފަހުން މިހާތަނަށް ލަންކާއިން 305،000 އަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު، 4،300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

މިހާރު ބަލި ފެތުރެމުން ދަނީ މިދިޔ އޭޕްރިލް މަހު ސިންހަޅަ އަދި ތަމަޅަ އާ އަހަރާ ދިމާކޮށް ސަރުކާރުން ދިން ބޮޑެތި ލުއިތަކާއެކު މީހުން އުފާ ފާޅުކުރުމަށް ގިނަ ހަރަކާތްތައް ހިންގުމުންނެވެ.

އެއަށްފަހު މިދިޔަ މޭ މަހު ފިޔަވަޅުތައް ހަރުކަށި ކުރި އެވެ. ނަމަވެސް ޖުލައި މަހުގެ ކުރީކޮޅު އަނެއްކާވެސް ވަނީ ލުއިތަކެއް ދީފަ އެވެ.