Advertisement

ރަޝިއާއިން އުޅެނީ 2022 ގެ އިންތިހާބަށް ނުފޫޒު ފޯރުވަން: ބައިޑެން

28 ޖުލައި 2021 - 09:58 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.-- ފޮޓޯ: އޭޕީ


ރަޝިއާއިން އުޅެނީ 2022 ގެ އިންތިހާބަށް ނުފޫޒު ފޯރުވަން: ބައިޑެން

28 ޖުލައި 2021 - 09:58 2

ވޮޝިންޓަން، އެމެރިކާ (ޖުލައި 28) - ދެހާސް ބާވީސް ވަނަ އަހަރު އެމެރިކާގައި އޮންނަ ކޮންގްރެސް އިންތިހާބާ ގުޅޭ ދޮގު މައުލޫމާތު ފަތުރައިގެން އިންތިހާބަށް ނުފޫޒު ފޯރުވަން ރަޝިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޖޯ ބައިޑެން ތުހުމަތު ކުރައްވައިފި އެވެ.

"މިހާރު ވެސް 2022 ގެ އިންތިހާބާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތް ބަލާލާ،" ވޮޝިންޓަނުގައި ހުންނަ ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރުގެ އޮފީހަށް ކުރެއްވި ޒިޔާރަތެއްގައި ބައިޑެން ވިދާޅުވި އެވެ.

އޭގެ އިތުރުން ބައިޑެން ވަނީ ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރޭންސަމްވެއާ ހިމެނޭ ގޮތަށް ފަހަކަށް އައިސް ދެމުންދާ ސައިބަ ހަމަލާތައް އިތުރުވެފައު ވާތީ ވެސް ބައިޑެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެފަދަ ހަމަލާތަކުގައި އާޢްމު ގޮތެއްގައި ހެކަރުން ބޮޑެތި ކުންފުނިތަކުގެ ޑޭޓާ އެންކްރިޕްޓް ކުރުމަށް ފަހު ފައިސާ ދިނުމަށް ޑިމާންޑް ކުރެ އެވެ.

އެމެރިކާއިން މީގެ ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި ސައިބަ ހަމަލާތަކުގެ ފަހަތުގައި ވެސް ވަނީ ރަޝިއާ އެވެ. އެފަދަ ހަމަލާތައް ނުހުއްޓާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބައިޑެން ވަނީ ޕޫޓިންއަށް ދެއްވާފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އެމެރިކާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮންނާނީ 2022 ގެ މެދު ތެރޭގަ އެވެ. އެ އިންތިހާބުގައި މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ހުރިހާ ގޮނޑިއެއް އަލުން އިންތިހާބު ކުރާނެ އެވެ. އަދި މަތިގެ، ސެނެޓުގެ ތިން ބައި ކޮށްފައި އެއް ބައި ގޮނޑިތައް އަލުން އިންތިހާބު ކުރާނެ އެވެ.