Advertisement

ސްޓައިލް ގައިޑް: މިއޮތީ އަޅަންވީ އަވި އައިނާއި ގުޅޭނެ ސްޓައިލާއި ހަދަންވީ ގޮތް

1 އޮގަސްޓު 2021 - 11:32 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ސްޓައިލް ގައިޑް: މިއޮތީ އަޅަންވީ އަވި އައިނާއި ގުޅޭނެ ސްޓައިލާއި ހަދަންވީ ގޮތް

1 އޮގަސްޓު 2021 - 11:32 0

ނަވާރަސަތޭކައިގެ ކުރީކޮޅު ހޮލީވުޑް ތަރިން، އެމީހުންގެ ހެދުން އެޅުމުގެ ސްޓައިލްގެ ތެރެއަށް އަވި އައިނު ވެއްދި ހިސާބުން ތައާރަފްވެގެން އައީ މުޅިން އާ ފެޝަން ޓްރެންޑެކެވެ. އޭގެ ފަހުން ގަރުނެއް ވެގެން ދިޔަ އިރު ވެސް މި ޓްރެންޑެއް އޮތީ ގަދަކޮށެވެ. ހޫނު ގަދަ ދުވަހެއްގައި ލޮލަށް ލިބޭ ވަރުބަލިކަން ފިލުވާލަން ވިޔަސް، މޫޑީ ދުވަހެއްގައި މާ ބޮޑު މަސައްކަތެއް ނުކޮށް "ކޫލް" ލުކެއް ގެނައުން ކަމަށް ވިޔަސް ރީތި އަވި އައިނަކުން ނުކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އެހެންވީމަ އަވި އައިނަށް ހައްގު ފެޝަން ސްޓޭޓްމަންޓެއް ދޭނަމަ މިއީ ހަމަ "ޝޯ ސްޓޮޕާ" އެވެ.


މި އައިނެއް އެޅުމުގައި ސާދާ "ކްލެސިކް" ސްޓައިލް ތަކަށް ލޯބި ކުރިޔަސް، ނުވަތަ މޮޑަން ޝޭޕް ތަކާއި މަޝްހޫރު ބްރޭންޑް ތަކަށް ލޯބި ކުރާ މީހަކަށް ވެސް މި އާޓިކަލް މުހިއްމުވާ އެތައް ސަބަބެއް އެބަ އޮތެވެ. މި ހިމަނާލަނީ ރާއްޖޭގައި އެންމެ ޓްރެންޑިން އަވި އައިނު ތަކާއި ފެވަރިޓް ޓްރެންޑްސް ތަކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މި ކިޔައިދެނީ އެންމެ އަވަހަށް ޓްރައި ކުރަންވީ ފަސް އަވި އައިނު ސްޓައިލެވެ.


އެންމެ ސަޅި "އޭވިއޭޓާސް" 3025، އައިކެއާ

މީގެ 80 އަހަރު ކުރިން އެމެރިކާގެ މިލިޓަރީ މީހުންނަށް ތައާރަފްކުރި މި ސްޓައިލަކީ މިއަދާ ހަމައަށް ވެސް އައިނު އަޅާ ގިނަ މީހުންގެ ގޯ-ޓު ސްޓައިލެވެ. މި ސްޓައިލެއް ކިތަންމެ ސާދާ ހެން ހީވިޔަސް، އޭވިއޭޓާސްގެ އެކި ކުލަތަކާއި އެކި ޝޭޕްތަކާއި ސައިޒް އަދި ލެންސް ފިނިޝިން ހުރެ އެވެ.

ރޭ-ބަން 3025 އޭވިއޭޓާސް އަކީ މި ސްޓައިލެއްގެ އަވި އައިނަށް ލޯބި ކުރާ މީހުންނަށް މިވަގުތު ރާއްޖެއިން ލިބޭނެ އެންމެ ސަޅި އަދި އެންމެ ކޮލިޓީ ބްރޭންޑެވެ. އައިކެއާ ގެ އެންމެ މަގްބޫލު ބްރޭންޑް ތަކުގެ ތެރޭގައި ވެސް ހިމެނި މި ސްޓައިލެއް އަދިވެސް ޓްރެންޑް ޗާޓުގެ އެންމެ ކުރީގައި އޮތީ ވެސް މިކަހަލަ ބައިވަރު ސަބަބުތަކެއް ހުރީމަ އެވެ.

ރޭބަން އޭވިއޭޓާސް - އައިކެއާ އިން ވިއްކާ މި އައިނުތަކުގެ ލެންސް ފިނިޝިން އަމިއްލަ އަށް ޗޫޒް ކުރެވޭނެ


ވެކޭޝަން މޯޑު އޮން ކޮށްލައި، ހޫނު މޫސުމާ އެންމެ ގުޅޭ ގޮތަށް ލެންސްގެ ސްޓައިލް ނިންމާއިރު ޕޮލަރައިޒްޑް ލެންސް ޗޫޒްކޮށްލެވިދާނެ އެވެ. އައިކެއާ އިން މި އައިނު ގަންނަ ނަމަ މި ޕްރިވިލެޖެއް ވެސް ލިބޭނެ އެވެ.

ސަމާ "ކުއީންސް" އަށް ސަމާ-ލީޒް އާއި މޮޑަން ބައްޓަންތައް

ރޭ-ބަން އަކުން އަހަރެމެންގެ ހިތް ނުފުރިގެން އުޅެން ޖެހެނީ މިހެން ވެގެންނެވެ. އޭވިއޭޓާސް އާއި ވޭފަރާ ފަދަ ސްޓައިލްތަކަށް ފަހު އެންމެ ސަޅި ޓުވިސްޓަކަށް ފެނިގެން ދިޔައީ ހެކްސެގަން ޝޭޕްގެ 3548-N އެވެ.

ހެކްސެގޮނަލް 3548-N އެއް. މިއީ ފްލެޓް ކޮށް ހުންނަ ވަށް ލެންސުން ނެއްޓި ރޭ-ބަން އިން ތައާރަފްކުރި އެންމެ "ޗީކް" އެއް މޮޑެލް


އައި-ކެއާ ޓޮޕް ސެލިން އައިނުތަކުގެ ތެރޭގައި މި ކްލެސިކް ސްޓައިލް އަދިވެސް އޮތީ ޓްރެންޑިންގަ އެވެ.

ދެން އޮތީ މި ސަމާލީޒް އެއްގެ ވާހަކަ އެވެ. "ކުއީންސް" އޭ ބުންޏަސް، ހުސް އެކަނި ކުއީންސް އަކަށް ނޫނެވެ. މީގެ ތެރެއަށް "ކިންގްސް" ވެސް ހަމަ ވަންނަން ވީ އެވެ.

އޯ-ނީލް ގެ އޯއެންއެސް- ސަމަލީޒް- 104 އަކީ ކެލިފޯނިއަން ސްޓައިލެކެވެ. ޕްލާސްޓިކް މަދުކޮށް އީކޯ ފެޝަން ފޮލޯކުރާ މީހުންނަށް އަދި މި ބްރޭންޑާއި މޮޑެލް މާ ކަމުދާނެ އެވެ. ގަހުގެ ބައިތައް ހިމަނައިގެން ހަދާ މެޓީރިއަލަކުން ދުނިގަނޑު ފަރުމާކޮށްފައި ހުންނަ ސަމަލީޒް އަކީ އޮ-ނީލް އިން ޕްލާސްޓިކް މަދުކުރަން ހޯދި "ލަގްޒަރީ" ހައްލެކެވެ.

މިއީ ދެ ޖިންސަށް ވެސް ރީތި ސްމާޓް ލޫކެއް ގެނެސްދޭ އައިނެކެވެ. އައިކެއާގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލު އެއް މޮޑެލް އެވެ.

ސަމަލީޒް: މިއީ އައިކެއާ އިން ވިއްކާ އެންމެ ނ=މަގްބޫލު އަވިއައިނުގެ ތެރޭގައި ހިމެނޭ އައިނެއް


މި ލިސްޓުގައި އަވި އައިނު ކަލެކްޓް ކުރާ މީހުންގެ އެންމެ ބޮޑު އެއް ފޭވަރިޓް ޓޮމްފޯޑް ވެސް ހިމަނާލާނަމެވެ. އިޓަލީގެ މި ބްރޭންޑަކީ ފެޝަންގެ ދުނިޔޭގައި ބޮޑު އިއްޒަތަކާއި ޝަރަފެއް ހޯދާފައިވާ އެންމެ މަގްބޫލު ބްރޭންޑްތަކުގެ ތެރޭގައި ވިކޭ ބްރޭންޑެކެވެ.

ކެޝުއަލް ދުވަހެއްގައި ޖިންސް އަކާއި ޓީޝާޓަކާ އެކު "ލޭޒީ" ލޫކެއް ފުރިހަމަ ކުރަން ވެސް، ނުވަތަ ސަމާ ޑްރެސް ސްޓައިލް އަކާ އެކު "އެކްސްޓްރާ" ވެލަން ވެސް މިއީ އަހަރެންގެ އަމިއްލަ ފޭވަރިޓެކެވެ. އައިކެއާ އިން ވެސް މި އަވި އައިނު އެތެރެކުރުމުގެ ޝަރަފު ހޯދައިގެން، ޓޮޕް ސެލިންގް ތަހުތުގައި ވެސް މިހާރު މި ޓޮމްފޯޑް އޮތީ ކުރީގަ އެވެ.

ޓޮމްފޯޑް: އިޓަލީގެ މި ބްރޭންޑް، ފެޝަންގެ ދުނިޔޭގައި ހާއްސަ މަގާމަކާއި މަގްބޫލުކަމެއް ހޯދާފައިވާ ޓޮޕް ބްރޭންޑް ތަކުގެ ތެރޭގައި ހިމެނޭ


ސުޕަޑްރައި މަޔާމީ: އައިކެއާގެ އެންމެ މަގްބޫލު ކޮންޓެމްޕޮރަރީ އަވިއައިނު ބްރޭންޑް ތަކުގެ ތެރޭގައި ހިމެނޭ އައިނެއް. މި އައިނުން ސްޕޯޓީ ލޫކެއް ވެސް ގެނެސްދޭ


ސޮލާނޯ އާއި ސިލުއެޓް ރިވޮލިއުޝަން

ސްޓައިލިޝް ފްރޭމް ތަކުގެ ވާހަކަ އާއި އައިކެއާގެ ފޭނުންގެ މެދުގައި އެންމެ މަގްބޫލު އަވި އައިނު ތަކުގެ މި ލިސްޓެއް ނިންމާލުމުގެ ކުރިން މިއީ ވެސް ސްޓައިލް ލިސްޓަށް ލެވިދާނެ ބައެއް ލަގްޒަރީ ބްރޭންޑް ތަކެކެވެ.

ސޮލާނޯ SS20858C: ކްލެސިކް ސްޓައިލް ތަކަށް ލޯބި ކުރާ މީހުންގެ މެދުގައި މަގްބޫލު ބްރޭންޑެއް


ސިލުއެޓް 4078-9060: މިއީ ދުނިޔޭގެ އެންމެ ލުއި އަވި އައިނުގެ ޝަރަފު އޮތް ބްރޭންޑް، ސިލުއެޓަކީ އައިނު ކަލެކްޓް ކުރާ މީހުންގެ މެދުގައި ވެސް މަގްބޫލު ސްޓައިލެއް


މި ލިސްޓެއް ބަލައިފައި އައިކެއާ އަށް ގޮސް ގުޅޭ އައިނެއް ޗޫޒްކުރުމުގެ ކުރިން މޫނާއި ގުޅޭ އައިނެއް ފައިނަލް ކުރާނެ ގޮތާއި ސްޓައިލްގައި އައިނު އަޅާނެ ގޮތުގެ ދެތިން ޓިޕްސް އެއް އެބަދެމެވެ.

ޓިޕް 1: އައިނެއް ގަތުމުގެ ކުރިން މޫނުގެ ބައްޓަމާ އެންމެ ގުޅޭނީ ކޮން ކަހަލަ ފްރޭމް ތަކެއްތޯ ބަލާށެވެ.

ޓިޕް 2: އައިނު އަޅާ ނަމަ ތަހުތުގައި ރަނިކަން ކުރުމުގެ ފުރުސަތު އައިނަށް ދޭށެވެ. ޒީނަތްތެރި ވާން މާ ގިނަ ގަހަނާ ބޭނުން ނުކުރާށެވެ.

ޓިޕް 3: އައިނުގެ ބައްޓަމާއި ހެދުން ގުޅުވުން؛ މިސާލަކަށް އޭވިއޭޓާސް އެންމެ ރީތި ވާނީ ގިރުވާން ލީ ޓީޝާޓާ އެކުގަ އެވެ. ހެކްސެގަން ލެންސް އޮފިޝަން ސޫޓާ ގުޅޭނެ އެވެ.