Advertisement

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކާމިޔާބުކަމާއެކު ޖައްވަށް ހިނގައްޖެ

20 ޖުލައި 2021 - 21:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖެފް ބެޒޯސް ޖައްވުން އެނބުރި ދުނިޔެއަށް އައުމަށް ފަހު.-- ފޮޓޯ: ބްލޫ އޮރިޖިން/ އޭއެފްޕީ


ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކާމިޔާބުކަމާއެކު ޖައްވަށް ހިނގައްޖެ

20 ޖުލައި 2021 - 21:59 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 20) - ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސް އަދި އޭނާގެ ބޭބެ މާކް އާއި އިތުރު ދެ މީހަކު ކާމިޔާބުކަމާއެކު ޖައްވަށް ހިނގައްޖެ އެވެ.

އެ މީހުން ޖައްވަށް ދިޔެއީ ބިލިއަނަރު ބެޒޯސްގެ ބްލޫ އޮރިޖިން ކުންފުނިން އިންސާނުން ގޮވައިގެން ޖައްވަށް ކުރި ފުރަތަމަ ދަތުރުގައި މިއަދު އެވެ.

ބެޒޯސް އާއި އޭނާގެ ބޭބެ އިތުރުން ދެން އެ ދަތުރުގައި ބައިވެރިވި ދެ މީހުންނަކީ މިހާތަނަށް ޖައްވަށް ދިޔަ އެންމެ ހަގު އަދި އެންމެ ދޮށީ މީހުންނެވެ.

އުމުރުން 57 އަހަރުގެ ބެޒޯސް ޖައްވަށް ފުރީ 2000 ގެ އަހަރުތަކުގައި އޭނާ އުފެއްދި ޖައްވީ ކުންފުނިން ތައްޔާރު ކުރި ހާއްސަ އުޅަނދެއްގަ އެވެ.

ބްލޫ އޮރިޖިން ކުންފުނި އުފެއްދި އިރު ބެޒޯސްއަކީ ބިލިއަނަރަކެވެ. އެކަމަކު އޭނާ ބިލިއަނަރަކަށް ވީ އޭގެ އެންމެ ހަ އަހަރު ކުރިން ގޭގެ ގަރާޖުގައި އުފެއްދި ކުޑަ އޮންލައިން ފޮތް ފިހާރަ، އެމެޒޯން މެދުވެރިކޮށެވެ.

މިއަދު ބެޒޯސްގެ މުއްސަނދިކަމުގެ އަގު 200 ބިލިއަން ޑޮލަރަށް އަރަ އެވެ. ޖައްވަށް ދިޔުމުގެ ދަތުރުގައި ބޭބެ، މާކް ބައިވެރިވީ ބެޒޯސްގެ ހާއްސަ ދައުވަތެއް ލިބުމުންނެވެ.

ބެޒޯސް އާއިލާގެ ފައުންޑޭޝަން ބަލަހައްޓާ، ވޮލަންޓިއާ އަލިފާން ނިއްވާ މީހެއްގެ މަސައްކަތް ކުރާ މާކްއަކީ ބެޒޯސްގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ދެން މި ދަތުރުގައި ބައިވެރިވި އެމެރިކާއަށް ނިސްބަތްވާ އުމުރުން 82 އަހަރުގެ ވެލީ ފަންކީ ވަނީ މިހާތަނަށް ޖައްވަށް ދިޔަ އެންމެ މުސްކުޅި މީހާގެ ރިކޯޑް ގާއިމްކޮށްފަ އެވެ.

ފަންކީއަކީ އުމުރުން ނުވަ އަހަރުގެ ވައިގެ އުޅަނދު ދުއްވަން ދަސްކުރި ތަޖުރިބާކާރު ޕައިލެޓެކެވެ. އޭނާ ވަނީ އަންހެން އެސްޓްރޮނޯޓުންނަށް ހާއްސަ މާކިއުރީ 13 ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.

ނާސާއިން ފަންޑު ކުރި އެ ޕްރޮގްރާމުގެ ދަށުން އަންހެނުން ޖައްވަށް ފޮނުވަން ރޭވި ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ. އެހެންވި މި ދަތުރުގައި ފަންކީ ވަނީ ޖައްވަށް ދިޔުމަށް ދެކުނު ހުވަފެނަށް ވާސިލްވެފަ އެވެ.

މި ދަތުރުގައި ބައިވެރިވި އުމުރުން 18 އަހަރުގެ ނެދަލޭންޑްސްގެ އޮލިވާ ޑައެމެންއަކީ މިހާތަނަށް ޖައްވަށް ދިޔަ އެންމެ އުމުރުން ހަގު އެސްޓްރޮނޯޓެވެ. އޭނާ އަތުގައި ޕައިލެޓް ލައިސެންސް އޮންނައިރު، އޭނާއަކީ ޖައްވީ ކަންކަމަށް ލޯބިކުރާ އަދި ޔުނިވާސިޓީގައި ފިޒިކްސް ކިޔަވަމުންދާ ދަރިވަރެކެވެ.

ޑައެމެން އަށް މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ބިޑުކޮށްގެން 28 މިލިއަން ޑޮލަރަށް ވިއްކި ސީޓުގެ ވެރިޔާއަށް ދެވޭ ގޮތް ނުވުމުންނެވެ. ނަން ހާމަކޮށްފައި ނުވާ އެ މީހާ އެހެން ދަތުރެއްގައި ދާނެ ކަމަށް ބުނެފައި ވެ އެވެ.

ސީއެންބީސީން ރިޕޯޓު ކުރި ގޮތުގައި އެ މީހާ ނުދިޔުމުން ހުސްވި ސީޓު ގަންނަން ޑައެމެންގެ ބައްޕަ ވަނީ ފައިސާ ދައްކާފަ އެވެ.