Advertisement

ނަސްލީ ފުރައްސާރައާ ހެދި ޖަރުމަނު ޒުވާން ޓީމު ދަނޑުން ފައިބައިފި

18 ޖުލައި 2021 - 10:08 0

ޖަރުމަނުގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދަނީ.


ނަސްލީ ފުރައްސާރައާ ހެދި ޖަރުމަނު ޒުވާން ޓީމު ދަނޑުން ފައިބައިފި

18 ޖުލައި 2021 - 10:08 0

ޓޯކިޔޯ (ޖުލައި 18) - އޮލިމްޕިކްސް އަށް ތައްޔާރުވުމުގެ މެޗެއްގައި އިއްޔެ ހޮންޑިއުރަސް ޓީމުން ޖަރުމަނު ޒުވާން ޓީމަށް ކުޅޭ ކަޅު ނަސްލުގެ ޖޯޑަން ޓޮރުނަރީގާ އަށް ނަސްލީ ފުރައްސާރައިގެ ބަހެއް ބުނުމުން މުޅި ޓީމު އެކުގައި ދަނޑުން ފައިބައިފި އެވެ.

މެޗު 1-1 އިން އެއްވަރުވެފައި ވަނިކޮށް ޖަރުމަނުގެ ޒުވާން ޓީމު ދަނޑުން ފައިބަން ނިންމީ ޓޮރުނަރީގާ އަށް ނަސްލީ ގޮތުން ދިމާކުރުމުންނެވެ. އޭރު މެޗުގައި ބާކީ ފުރިހަމަނުކޮށް ފަސް މިނިޓް ހުއްޓެވެ.

ޖަރުމަނު ޓީމުގެ ކޯޗު ސްޓެފަން ކަންޓްޒް ވަނީ އޭނާގެ ޓީމުން ނިންމި ނިންމުން ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.

"އަހަރެމެން ޓީމުގެ އެއް ކުޅުންތެރިޔަކާ ވެސް އެ ގޮތަށް ނަަސްލީ ގޮތުން ދިމާކޮށްފިނަމަ މެޗު ކުޅުމުގެ ވިސްނުމެއް ނޯންނާނެ. މިއީ އަހަރެމެން އިހުތިޔާރު ކުރާ ގޮތް. މިއީ އަހަރެމެން ދޭން ބޭނުންވާ މެސެޖަކީ،" ކަންޓްޒް ބުންޏެވެ.

ޓޮރުނަރީގާއާ ނަސްލީ ގޮތުން ދިމާކޮށްލީ ހޮންޑިއުރަސް ބެންޗުންނާއި ދަނޑު މަތީގައި ހުރި ކުޅުންތެރިއަކު ކަމަށް ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، ރަސްމީކޮށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ވެސް އެކަން ހިނގީ ކިހިނެއްކަމެއް ބުނެދީފައި ނުވެ އެވެ.

ޖަރުމަނު ޒުވާން ޓީމުގެ ޓޮރުނަރީގާ: ޖަރުމަނު ޒުވާން ޓީމު ދަނޑުން ފޭބީ ޓޮރުނަރީގާއާ ދިމާކޮށްލުމުން.


ހޮންޑިއުރަސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓޮރުނަރީގާއާ ނަސްލީ ގޮތުން ދިމާކޮށްލި ކަމަށް ޖަރުމަނުގެ ޓީމަށް ބެލެވުނީ އޮޅުމަކުން ކަމަށް ވެދާނެ ކަމަށާއި އެއީ ހަގީގަތުގައި ހިނގި ކަމެއް ނޫން ކަމަށެވެ.

މީގެ ކުރިން ވެސް ނައިޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ޓޮރުނަރީގާއާ ޖަރުމަނު ކަޕް މެޗެއްގެ ތެރެއިން ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައެއް ކުރިމަތިވި އެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހު ޖަރުމަނު ކަޕް މެޗެއްގައި ޝާލްކާ ސަޕޯޓަރުން ވަނީ ހާތާ ބާލިން އަށް ކުޅޭ ޓޮރުނަރީގާއާ ނަސްލީ ގޮތުން ދިމާކޮށްފަ އެެވެ. އެކަމާ ހިތްހަމަނުޖެހިގެން ޓޮރުނަރީގާ އެ ޓީމުގެ ބެންޗު ކައިރީގައި ހުރި ފެން އުފުލާ ޓޫލް ބޮކްސް ނަގައި ބިންމައްޗަށް ވައްޓާލުމުން ރެފްރީ ވަނީ އޭނާ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ޓޮރުނަރީގާ ވަނީ މީގެ ކުރިން ޖަރުމަނުގެ 18 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.