Advertisement

ފީނުމާއި މޫދު ކުޅިވަރުތަކަށް ހާއްސަ ބިގް އޯޝަން ޝޯ ދިވެހި އެގްޒިބިޓަރުންނަށް ހުޅުވައިފި

22 ޖޫން 2021 - 13:19 0

އަމަން ހަލީމް

އަމަން ހަލީމް

ބިގް އޯޝަން ޝޯ ޕްރޮމޯޝަނަލް ޕޯސްޓަރު: މިއީ ރަޝިއާގެ މޮސްކޯގައި އޮންނަ މޫދު ކުޅިވަރަށް ހާއްސަ އެކްސްޕޯއެއް -- ފޮޓޯ: ބިގް އޯޝަން ޝޯ


ފީނުމާއި މޫދު ކުޅިވަރުތަކަށް ހާއްސަ ބިގް އޯޝަން ޝޯ ދިވެހި އެގްޒިބިޓަރުންނަށް ހުޅުވައިފި

22 ޖޫން 2021 - 13:19 0

ފީނުމާއި މޫދު ކުޅިވަރުގެ ހަރަކާތްތަކަށް ހާއްސަކޮށްގެން ރަޝިއާގެ މޮސްކޯގައި ބާއްވާ ބިގް އޯޝަން ޝޯގައި ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ދިވެހި އެގްޒިބިޓަރުން ބައިވެރިވާން ހުޅުވާލައިފި އެވެ.

ބިގް އޯޝަން ޝޯއަކީ މޫދު ކުޅިވަރު ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެއްފުރާޅެއްގެ ދަށުން މައުލޫމާތު ބަދަލުކުރުމާއި މޫދު ކުޅިވަރަށް ހާއްސަކޮށް ފީނުމަށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ލޯބި ޖެއްސުމަށް ހިންގާ އިވެންޓެކެވެ.

ސެޕްޓެމްބަރު 2 އިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ޝޯގައި 12 ގައުމަކުން 130 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެ އެވެ. އެކްސްޕޯއަކާއި ގިނަ ކޮމްޕޯނަންޓްތަކެއް ހިމެނޭ ގޮތަށް ކުރިޔަށްދާ މި ޝޯ އޮންނާނީ މޮސްކޯގެ ޕެވިލިއަން 55، ވީޑީއެންކޭއެޗް ގައެވެ.

ބިގް އޯޝަން ޝޯގެ އިވެންޓް ޕްލޭން --


ބިގް އޯޝަން ފެސްޓިވަލް ދިވެހި ވިޔަފާރިތަކަށް ހުޅުވާލުމާ ގުޅޭގޮތުން މި ފެސްޓިވަލްގެ ޕްރޮޖެކްޓް މެނޭޖާ މުހައްމަދު އިސްމާއިލް (މޮކްސް) ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިތަކަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށެވެ. އެގޮތުން މޫދު ކުޅިވަރުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ އިތުރުން ޓޫރިޒަމްގެ ކޮންމެ ހަރަކާތެއްގައި އުޅޭ ވިޔަފާރިތަކަށް ވެސް މި ފެސްޓިވަލްގައި ބައިވެރިވާން އޭނާ ދައުވަތު އެރުވި އެވެ.

"މި ޝޯގައި މޫދު ކުޅިވަރުގެ ޓޮޕް ގައުމުތަކުން އެގްޒިބިޓަރުން ބައިވެރިވޭ. މިއީ ރާއްޖޭގެ ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންޑަސްޓްރީގެ އިތުރުން ޓޫރިޒަމްގައި އުޅޭ ހުރިހާ ދިވެހި ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް" މޮކްސް ވިދާޅުވި އެވެ.

ބިގް އޯޝަން ޝޯގައި އެގްޒިބިޓަރުން ދައްކަން ޖެހޭ އަގުތައް --


މި ފެސްޓިވަލްގެ މޭޒެއްގެ އަގު ފެށެނީ 864 ޑޮލަރަށެވެ. އިތުރު މައުލޫމާތު ބިގް އޯޝަން ޝޯގެ ވެބްސައިޓުން ލިބޭނެ އެވެ.

ގާތްގަނޑަކަށް 20،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ މި ފެސްޓިވަލްގައި ޑައިވަރުންނާއި، ފްރީ ޑައިވަރުންނާއި، ވޯޓާ ސްޕޯޓްސް ޕްރޮފެޝަނަލްސްގެ އިތުރުން މޫދަށް ޝައުގުވެރިކަން ހުންނަ ކޮންމެ ފަރާތަކަށް ހާއްސަ ހަރަކާތްތަކެއް ވަނީ ރޭވިފަ އެވެ.