Advertisement

ބްރެޒިލްގެ އޮލިމްޕިކްސް ޓީމުގެ ކެޕްޓަންކަން އުމުރުން 38 އަހަރުގެ ޑެނީ އަލްވޭސް އަށް

20 ޖޫން 2021 - 12:56 0

ބްރެޒިލް އިން 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަނަކީ އަލްވެސް.


ބްރެޒިލްގެ އޮލިމްޕިކްސް ޓީމުގެ ކެޕްޓަންކަން އުމުރުން 38 އަހަރުގެ ޑެނީ އަލްވޭސް އަށް

20 ޖޫން 2021 - 12:56 0

ރިއޯ ޑި ޖަނެއިރޯ (ޖޫން 20) - މި ފަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ބްރެޒިލް ޓީމުގެ ކެޕްޓަންކަން ތަޖުރިބާކާރު ކުޅުންތެރިޔާ ޑެނީ އަލްވޭސްއާ ހަވާލުކޮށްފި އެވެ.

އޮލިމްޕިކްސްގައި ކުޅެނީ 23 އަހަރުން ދަށުގެ ޓީމެވެ. އުމުރުން 38 އަހަރުގެ އަލްވޭސް ބްރެޒިލް އޮލިމްޕިކް ޓީމުގައި ހިމަނަން ނިންމީ ދޮށީ އުމުރުގެ ތިން ކުޅުންތެރިން ސްލޮޓުގަ އެވެ. އަލްވޭސްގެ އިތުރުން ދެން ހިމެނީ ސެވިއްޔާ އަށް ކުޅެމުން އަންނަ އުމުުރުން 28 އަހަރުގެ ޑިފެންޑަރު ޑިއޭގޯ ކާލޯސް އާއި އެތުލެޓިކޯ ޕަރަނައެންސޭގެ ގޯލްކީޕަރު އުމުރުން 31 އަހަރުގެ އަޑޭބާ ސަންޓޯސް އެވެ.

ބްރެޒިލް އިން 2016 ވަނަަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑަލް ހޯދިއިރު ޓީމުގެ ކެޕްޓަނަކީ ނޭމާ އެވެ. މިހާރު ކޮޕަ އެމެރިކާ ކުރިއަށްދާތީ މި ފަހަރު އޮލިމްޕިކް ސްކޮޑުގައި ނޭމާގެ ނަން ނުހިމަނަ އެވެ.

ބްރެޒިލް އޮލިމްޕިކް ޓީމުގެ ކޯޗު އަންދްރޭ ޖާޑިން ބުނީ އަލްވޭސް ނެގީ އޭނާގެ ތަޖުރިބާ އާއި ދެން ހުރި ކަންތައްތަކަށް ބެލުމަށް ފަހު ކަމަށާއި ދެން ގެންނަން މަސައްކަތްކުރި ބައެއް ކުޅުންތެރިން ޓީމާ ގުޅެން ބޭނުންނުވި ކަމަށެވެ. އޭގެ ތެެރެއިން އެއް ކުޅުންތެރިއަކީ ރެއާލްގެ ފުލްބެކް މާސެލޯ އެވެ. އެކަމަކު މާސެލޯ އަނިޔާގެ ކަންކަން ހުރި ގޮތުން މި ފަަހަރުގެ އޮލިމްޕިކްސް ޓީމަށް ކުޅެން ބޭނުމެއްނުވި އެވެ. މާސެލޯ ދާދި ފަހުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

ޖަޕާނުގެ ޓޯކިޔޯގައި އަންނަ މަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ބްރެޒިލް ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންނަށް ބަލާއިރު އެސްޓަން ވިލާގެ ޑަގްލަސް ލުއީޒް، ލިޔޯނަށް ކުޅެމުން އަންނަ ބްރޫނޯ ހުއިމާރޭސް، މި ސީޒަނުގައި އާސެނަލަށް ކުޅުނު ގަބްރިއެލް މަގާޅައެސް، ބަޔާ ލެވަކޫސަންގެ ޕައުލީނިއޯ އަދި ޒެނިޓަށް ކުޅޭ މެލްކަމް ހިމެނެ އެވެ.

އަލްވޭސް ވަނީ ބްރެޒިލާ އެކު 2003 ވަނަ އަހަރުގެ ފީފާ ޔޫތު ވޯލްޑް ކަޕާއި 2007 އާއި 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އަދި 2009 އާއި 2013 ވަަަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކޮށްފަ އެވެ.

އަލްވޭސްގެ ކާމިޔާބު ކެރިއަރުގެ އެންމެ ހާއްސަ ދުވަސްްތައް ގުނީ ބާސެލޯނާ ޖޯޒީގަ އެވެ. އަލްވޭސްގެ ކެރިއަރުގައި ހޯދި 42 ޓްރޮފީގެ ތެރެއިން 23 ޓްރޮފީ އަކީ އޭނާ ބާސެލޯނާއާ އެކު ކާމިޔާބުކުރި ތަށިތަކެވެ. ސެވިއްޔާ އާއި ޔުވެންޓަސް އަދި ޕީއެސްޖީ އަށް ވެސް ކުޅުނު އަލްވޭސް މިހާރު ކުޅެމުން އަންނަ ސައޮ ޕައޮލޯ އަށް ބަދަލުވީ 2019 ވަަނަ އަހަރު އެވެ.