Advertisement

ދުވާފަރުން 22 ހެކްޓަރުގެ ބިން ހިއްކައިފި

18 ޖޫން 2021 - 12:25 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރ. ދުވާފަރު ބިންހިއްކައި ނިންމާލާފައި: އެރަށުން 22 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފައި-- ފޮޓޯ: އެމްޓީސީސީ


ދުވާފަރުން 22 ހެކްޓަރުގެ ބިން ހިއްކައިފި

18 ޖޫން 2021 - 12:25 0

ސަރުކާރުން ރ. ދުވާފަރުގެ ފަޅުގެ ބޮޑު ބައެއް ހިއްކައި ނިންމައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދުވާފަރުން 22 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ ކުރީކޮޅުގަ އެވެ. އެމްޓީސީސީން އެ މަސައްކަތް ކޮށްފައިވަނީ އެކުންފުނީގެ ބިން ހިއްކާ ބޯޓް މަހާޖައްރާފު ބޭނުން ކޮށްގެންނެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވިގޮތުގައި މިހާރު ކުރިއަށް ދަނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ.

އާޒިމް ކުރެއްވި ޓްވީޓް


ބިން ހިއްކުމުގެ އިތުރުން އެރަށު 423 މީޓަރުގެ ސަރަހަދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އެ ރަށު ކައުންސިލްގެ ބަހެއް ނުލިބޭތީ ހިއްކި ބިން ބޭނުން ކުރުމުގެ ޕްލޭނަކީ ކޮބާކަން ވަނީ އެނގޭގޮތް ނުވެފަ އެވެ.

އެ ދެ މަޝްރޫ އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 143.1 މިލިއަން ރުފިޔާއަށެވެ.