Advertisement

އެސްއެމްއީތަކަށް ހާއްސަ ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނު ތައާރަފުކޮށްފި

17 ޖޫން 2021 - 21:00 0

އަމަން ހަލީމް

އަމަން ހަލީމް

ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފީސް: ބީއެމްއެލްއިން ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަކީ ސަރުކާރުން ފަންޑުކޮށްގެން ހިންގާ އެސްއެމްއީ ލޯން ސްކީމެއް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެސްއެމްއީތަކަށް ހާއްސަ ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނު ތައާރަފުކޮށްފި

17 ޖޫން 2021 - 21:00 0

ކޮވިިޑް ބަލިމަޑުކަމުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެމެެހެއްޓުމަށް ފިނޭންސް މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނުތައް ތައާރަފުުކޮށްފި އެވެ.

މިއީ ސަރުކާރުން މިފަހުން އިއުލާންކުރި އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވާން އެކުލަވާލާފައިވާ 370 މިލިއަން ރުފިޔާގެ ލޯން ސްކީމެކެވެ. މި ލޯން ސްކީމަށް ފަނޑުކުރަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ހާއްސަ ލޯނު ފެސިލީޓީއަކުންނެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯން ތައާރަފުކުރުމާ ގުޅިގެން ބީއެމްއެލްއިން ބުނީ މި ސްޓިމިއުލަސް ލޯން މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދި ހުށައެޅޭނެ އެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.

އިކޮނިމިކް ސްޓިމިއުލަސް ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހު ހަތަރު އަހަރުގެ ތެރޭގަ އެވެ. އަދި މި ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެޕްލިކޭޝަންތައް ބަލައިގަންނާނެ ކަަމަށް ބީއެމްއެލުން މައުލޫމާތުދެ އެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ހުށައެޅޭނީ ބީއެމްއެލްއިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ވިޔަފާރިތަކަށް އެކަންޏެވެ. އެ ޝަރުތުތަކަކީ:

  • 2019 ވަނަ އަހަރު ފައިދާވުން (2019 ގެ ކުރިން ރަޖިސްޓްރީ ކުރި ވިޔަފާރިއެއް ނަމަ)
  • ވިޔަފާރީގެ މުދަލާއި ދަރަނީގެ ކަރަންޓް ރޭޝިއޯ 1 އަށް ވުރެ އިތުރު ނުވުން
  • ވިޔަފާރީގެ ކެޕިޓަލް އަދި ދިގު މުއްދަތުގެ ދަރަނީގެ ގިއަރިން ރޭޝިއޯ 4 އަށް ވުރެ އިތުރު ނުވުން
  • ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އެއްވެސް ލޯނެއް ޑީފޯލްޓްވެފައި ނުވުން
  • ލޯނަށް އެދި ހުށައަޅާއިރު ބޭންކަށް ދައްކަން ޖެހޭ ފައިސާއެއް ނެތުން

ބޭންކުން މައުލޫމާތު ދޭ ގޮތުގައި ވާކިން ކެޕިޓަލް ފައިސާގެ އިތުރުން، ވިޔަފާރިތަކުން ހިންގާ ވަކިވަކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ލިބޭނެ އެވެ. އޭގެ ތެރޭގައި ފަށާފައި ހުރި ޕްރޮޖެކްޓުތަކާއި އަލަށް ފަށަން ބޭނުންވެފައިވާ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ލިބެ އެވެ.

ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.