Advertisement

ދެ މަހަށް ފަހު މާފުއްޓަށް އުއްމީދާއި ހިތްހަމަޖެހުން

15 ޖޫން 2021 - 15:21 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާފުށި ގޮނޑުދޮށް: ދެ މަހަށް ފަހު މާފުށި މިއަދު ވަނީ މޮނިޓަރިންއިން ނަގާފައި. --- ފޮޓޯ: ފޭސްބުކް، މާފުށި


ދެ މަހަށް ފަހު މާފުއްޓަށް އުއްމީދާއި ހިތްހަމަޖެހުން

15 ޖޫން 2021 - 15:21 0

ގެސްޓު ހައުސް ޓޫރިޒަމްގައި، ޓޫރިސްޓުންގެ މަންޒިލަކަށް ވެފަައިވާ ކ. މާފުށި ދެ މަހަށް ފަހު މިއަދު ހުޅުވާލައިފި އެވެ.

އެ ރަށް މޮނިޓަރިންއިން މިއަދު ނެގި އިރު ކޮވިޑުގެ ކޭސްތަކެއް ފެނި އެ ރަށް ބަންދުކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 100 ޓޫރިސްޓުން ޒިޔާރަތްކުރާ މި ރަށުގައި ޓޫރިޒަމް ހުއްޓުމަކީ ރަށަށް ލިބުނު ވަރަށް ބޮޑު ފަޅު ކަމެކެވެ.

ރަށުގައި އިގްތިސާދީ ހަރަކާތް ހުއްޓި، އެތައް ބައެއްގެ އާމްދަނީއަށް ވެސް އަސަރުކުރި އެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް "އަދަދު"އަށް މިއަދު ވިދާޅުވީ މާފުށި މޮނިޓަރިން އިން ނެގުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ރަށުގެ ޓޫރިޒަމް އަލުން ފެށި، އަންނަ މަހުގެ ތެރޭގައި އާއްމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކާލިން ބެންކް ހޯލްޑަރުންނާ. އަންނަ ޖުލައި މަސްތެރޭ އާމްދަނީ ރަނގަޅުވެ، ފަތުރުވެރިން އަންނަން ފަށާނެ" ސޮލާހު ވިދާޅުވި އެވެ.

ސޮލާހް ވިދާޅުވި ގޮތުގައި މާފުށި މޮނިޓަރިންއަށް ލުމުން 1618 ބެޑްކެޕޭސިޓީގައި ހުރި ގެސްޓްހައުސްތައް 400 އަށް ދަށްވެގެން ދިޔަ އެވެ. އޭރު 60އާ ގާތްކުރާ އަދަދަކަށް ގެސްޓްހައުސްތައް ހިންގަމުން ދިޔަ ނަމަވެސް އެ އަދަދު 40 އަށް ތިރިވި އެވެ.

"އިންޓަނޭޝަނަލް މީޑިއާތަކުގައި [މާފުށީގައި ކޮވިޑް އުޅޭ ކަމުގެ] ހަބަރު ފެތުރުމުން، ގެސްޓްހައުސްތަކަށް އައުމަށް ހަދާފަ ހުރި ވަރަށް ގިނަ ބުކިންތައް ކެންސަލްވި. އޮކިއުޕެންސީ 20 ޕަސެންޓަށް ވެއްޓުނު،" ސޮލާހު ވިދާޅުވި އެވެ.

މާފުށި ގޮނޑުދޮށް: ދެ މަހަށްފަހު މާފުށި މިއަދު ވަނީ މޮނިޓަރިންއިން ނަގާފައި. --- ފޮޓޯ: ފޭސްބުކް، މާފުށި


މީގެ އިތުރުން ހޮޓާ ރެސްޓޯރެންޓްތައް ވެސް ހުއްޓުމަކަށް އައުމުން، އެކަމުގެ މައްޗަށް ދިރިއުޅުން ބިނާވެފައިވާ އެތައް ބައެއްގެ އާންމު ދިރިއުޅުމަށް އެކަމުން ނޭދެވޭ އަސަރު ކުރި އެވެ. އެގޮތުން ބިން ކުއްޔަށް ނަގައިގެން ތަންތަން ހިންގާ ފަރާތްތަކަށް ކުލި ނުދެއްކުމަކީ ލިބުނު އެންމެ ބޮޑު ޝަކުވާ އެވެ.

ރަށުގައި ކޮވިޑް ފެތުރެން ފަށައި ދުވާލެއްގެ މައްޗަށް 500 މީހުން ވެސް ޕޮޒިޓިވްވި އެވެ. އެހެންވެ ހަރުކަށި ފިޔަވަޅުތައް އަޅައި 12 ގަޑިއިރަށް ރަށުގައި ކާފިއު ހިންގުމާއި ކެފޭ ރެސްޓޯރެންޓުތައް ބަންދުކުރުން ފަދަ ކަންކަން ކުރި އެވެ.