Advertisement

ވެކްސިން ޖަހާފައިވާ މީހުންނަށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ޓްރެވަލް ބަބްލްއެއް ހުޅުވާލަނީ

16 ޖޫން 2021 - 08:30 0

އަމަން ހަލީމް

އަމަން ހަލީމް

އަރަބިއަން ޓްރެވަލް މާކެޓް 2021ގައި ހުރި ވިސިޓް މޯލްޑިވްސް ސްޓޯލް: ޔޫއޭއީ އަކީ ރާއްޖޭގެ މުހިއްމު އިންބައުންޑް އަދި އައުޓްބައުންޑް ޓްރެވަލް މާކެޓެއް -- ފޮޓޯ: އެމްއެމްޕީއާރްސީ


ވެކްސިން ޖަހާފައިވާ މީހުންނަށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ޓްރެވަލް ބަބްލްއެއް ހުޅުވާލަނީ

16 ޖޫން 2021 - 08:30 0

ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ ޓްރެވަލް ކޮރިޑޯއެއް ހުޅުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ޔޫއޭއީގެ މައި ސަހަރު ދުބާއީގައީ ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓުގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު އައިމިނަތު ޝަބީނާ ވިދާޅުވީ، މިކަމުގެ މަޝްވަރާތައް ދެ ގައުމުން ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖޫން މަހުގެ ތެރޭގައި ޓްރެވަލް ކޮރިޑޯ ޕްލޭން ނިންމުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަަސައްކަތް ނިމުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެމަޖެންސީ ބޭނުންމަށް ހުއްދަ ދީފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ޕީސީއާރް ޓެސްޓެއް ނެތި ދެ ގައުމުގެ ދޭތެރޭގައި ދަތުރުކުރެވޭނެ ކަމަށް ޝަބީނާ ވިދާޅުވި އެވެ.

މި ޓްރެވަލް ބަބްލް ވެގެންދާނީ ރާއްޖޭން ގައުމަކާ ދޭތެރޭގައި މިހެން ދަތުރުކުރެވޭ ކޮރިޑޯއެއް ގާއިމްކުރާ ފުރަތަމަ ފަހަރަށެވެ. މިއީ މިހާރު ވެސް ގްރީސް ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ބައެއް ގައުމުތަކުން ކާމިޔާބު ކަމާއެކު ފަށައިގެން ކުރިޔަށް ގެންދާ ކަމެކެވެ.

ރާއްޖެއިން އަންނަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ވެކްސިން ފުރިހަމަކުރާ މީހުންނަށް އަމާޒުކޮށް އަދި ވެކްސިން ޖަހަން ބާރުއަޅަން އަމާޒުކޮށް ހާއްސަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ވެކްސިން ދީ ނިމުމުން ކުރިޔަށް ގެންދަން ރާވާފައިވާ "ވިސިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" (ތްރީ ވީ) ޕްރޮގްރާމް އަދި ރާއްޖޭގެ ޓޫރިޒަމް މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ "އައި އެމް ވެކްސިނޭޓަޑް" ޕްރޮގްރާމް ފާހަގަކޮށްލެވެ އެވެ.