Advertisement

އިޓަލީ ބަލިކޮށް ފޭވަރިޓަކަށް ވާން ބޭނުން: ތުރުކީ ކޯޗު ގުނެޝް

11 ޖޫން 2021 - 13:09 0

ތުރުކީގެ ކޯޗު ސެނޯލް ގުނެޝް.


އިޓަލީ ބަލިކޮށް ފޭވަރިޓަކަށް ވާން ބޭނުން: ތުރުކީ ކޯޗު ގުނެޝް

11 ޖޫން 2021 - 13:09 0

ރޯމް، އިޓަލީ (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ އިޓަލީ ބަލިކޮށް މުބާރާތުގެ ފޭވަރިޓަކަށް (ކާމިޔާބުކުރެވޭނެ ޓީމަކަށް) ވާން ބޭނުންވާ ކަމަށް ތުރުކީގެ ކޯޗު ސެނިއޯލް ގުނެޝް ބުނެފި އެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސާ އެއް ކޮލިފައިން ގްރޫޕެއްގައި ވާދަކުރި ތުރުކީ ކޮލިފައިންގައި ބަލިވީ ހަމައެކަނި ރަށުންބޭރުގައި އައިސްލެންޑް އަތުންނެވެ. ފްރާންސް އަތުން އަމިއްލަ ދަނޑުގައި މޮޅުވިއިރު، ރަށުންބޭރުގައިވަނީ އެއްވަރުކޮށްފަ އެވެ. ތުރުކީގެ އަޒުމަކީ ކޮލިފައިންގައި ދެއްކި ކުޅުން ތަކުރާރު ކުރުމެވެ.

ތުރުކީގެ ކޯޗަކަށް ހުރި އެ ޓީމަށް 2002 ވަަަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިދިން ގުނެޝް ބުނީ އޭނާގެ ޓީމުގެ ކިބައިގައި އިޓަލީ ބަލިކުރެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.

"ބޮޑު މުބާރާތެއްގެ ފުރަތަމަ މެޗުން އިޓަލީ ބަލިކުރެވިއްޖެނަަމަ އެކަން ވާނީ ވަރަށް ފަހުރުވެރި ކަމަކަށް. އަހަރެމެން މި މުބާރާތަށް އައިއިރު މިއީ ފޭވަރިޓުންނެއް ނޫން. އެކަމަކު މި މެޗުން (އިޓަލީ އަތުން) މޮޅުވެގެން ފޭވަރިޓަކަށް ވާން ބޭނުން،" ގުނެޝް ބުންޏެވެ.

ތުރުކީގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ގުނެޝް ބުނެދެނީ.


އިޓަލީ މި މެޗަށް ނުކުންނައިރު އެންމެ ފަހުން ބަލިވެފައިވަނީ 2018 ވަަނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިންނެވެ. އޭގެ ފަހުން ކުޅުނު 27 މެޗުން އިޓަލީ ބަލިވެފައިނުވެ އެވެ. އިޓަލީ އަކީ މުބާރާތުގެ އެއް ފޭވަރިޓެވެ. ގުނެޝް ބުނީ ފުޓްބޯޅައިގައި އޭނާ ގަބޫލުކުރާ ގޮތަކީ ނަތީޖާ ނެރުން އޮންނަނީ ދަނޑުމަތީގައި ކުރާ މަސައްކަތަށް ކަމަށެވެ.

"ކަރުދާހުގައި މި ވަގުތު އެ ޓީމު (އިޓަލީ) މޮޅުކޮށް އޮތީ. ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު. އެކަމަކު އަހަރެން ވިސްނައިގެން މި ހުރީ ދަނޑުމަތީގައި ކުރަން ހުރި މަސައްކަތަށް. މެޗު ނިންމާލާއިރު ޕޮއިންޓެއް ނަމަވެސް ޖީބުގައި ބާއްވަން ބޭނުން،" ގުނެޝް ބުންޏެވެ.

އިޓަލީގެ ވަރުގަދަ ކަމަށް އިޝާރާތްކޮށް އަދި ތުރުކީން މި ފަހަރުގެ ޔޫރޯ ފަށާ މެޗު ކުޅެން ޖެހޭތީ ގުނެޝް ވަނީ 2004 ވަނަ އަހަރު ގްރީސްގެ ކާމިޔާބީ އަށް އިޝާެރާތްކޮށް ވާހަކަ ދައްކައިފަ އެވެ. ގްރީސް އިން 2004 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރިއިރު، މުބާރާތުގެ ފުރަތަމަ މެޗާއި ފަހު މެޗުން ވަނީ ޕޯޗުގަލް ބަލިކޮށްފަ އެވެ. ޕޯޗުގަލް އަކީ އެ ފަހަރު މުބާރާތުގެ ހޯސްޓް އެވެ.

"އަހަރެން ބޭނުން ފައިނަލުގައި އިޓަލީއާ ކުޅެލަން،" ސަމާސާ ގޮތަކަށް ގުނެޝް ބުންޏެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ތުރުކީގެ ގަދަބާރު ގަލަސަަތަރާއި އަށް ކޯޗުކޮށްދީފައިވުމަކީ އޭނާ އަށް ތުރުކީ ފުޓްބޯޅަ އެނގޭނެ ކަމެއް ކަމަށް ގުނެޝް ބުންޏެވެ. އެކަމަކު މި ވަގުތު ތުރުކީ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ޖެހިލުންވާން ޖެހޭ ވަރުގެ ޓީމެއް ނެތް ކަމަށް ގުނެޝް ގަބޫލުކުރެ އެވެ.

މި ފަހަރު ފްރާންސްގެ ޗެމްޕިއަންކަން ލިލް އަށް ހޯދައިދޭން އެހީތެރިވި ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒަކީ އިޓަލީން އެންމެ ބޮޑަށް ފާރަލާން ޖެހޭނެ ކުޅުންތެރިޔާ އެވެ.

އިޓަލީ އާއި ތުރުކީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.