Advertisement

ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒަށް ނަސޭހަތްދީ ތަމްރީނެއްގައި ބައިވެރިކުރުވަނީ

6 ޖޫން 2021 - 18:47 1

ގާޒީ ހުސެއިން ފާއިޒު: އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ވަނީ ސާބިތުވެފައި


ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒަށް ނަސޭހަތްދީ ތަމްރީނެއްގައި ބައިވެރިކުރުވަނީ

6 ޖޫން 2021 - 18:47 1

ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދުއާ މެދު ސުލޫކީ ފިޔަވަޅެއް އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ ގާޒީ ހުސެއިން ފާއިޒުއާ ދެކޮޅަށް ހުށަހެޅި ސުލޫކީ މައްސަލައެއްގެ ތަހުގީގު ހިންގިއިރު، އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާތީ އެވެ.

އެ ސުލޫކީ މައްސަލައަކީ ކޯޓުގެ ޝަރީއަތްކުރާ ރޫމް ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓު ރޫމްގެ ބޭރުގައި މައްސަލަ ރައްދުވާ ފަރާތް ބޭންދުމަށްފަހު މައްސަލާގައި ހުކުމް ހަވާލުކުރުމަކީ ކުރާ ކަމެއް ކަމަށް ބުނެފައިވާ މައްސަލައެކެވެ.

ޖޭއެސްސީން ނިންމި ގޮތުގައި ގާޒީ ހުސެއިންގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

އެހެންވެ، ގާޒީ ހުސެއިން ފާއިޒު ރަޝީދަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އޭނާއަށް އެންގުމަށް ވަނީ ނިންމާފަ އެވެ.

މިފަހުން، ޖޭއެސްސީން ވަނީ ސުލޫކީ މައްސަލައެއް ސާބިތުވެ ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، ފަނޑިޔާރު ކަމުން ވަކި ކުރަން ހުށަހަޅަން ނިންމާފަ އެވެ. އެގޮތަށް ނިންމުމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.