Advertisement

ރިސޯޓު ތަރައްގީކުރަން ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

1 ޖޫން 2021 - 18:12 2

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތައް: މި ރަށްތަކަކީ ނިސްބަތުން ރާއްޖޭގައި ޓޫރިޒަމްގެ ހަރަކާތްތައް މަދު އަތޮޅުތަކުން ކުއްޔަށް ދޫކުރާ ރަށްތަކެއް -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)


ރިސޯޓު ތަރައްގީކުރަން ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

1 ޖޫން 2021 - 18:12 2

އިންވެސްޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އަގު ދަށްކުރި ރަށްތައް ތަރައްގީކުރަން ބީލަން ހުށައެޅުމުގެ މުއްދަތު ޓޫރިޒަމް މިނިސްޓްރީން ޖޫން މަހުގެ 24 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުގައި ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކުރީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.

މިނިސްޓްރީން ބުނީ ރަށްތަކަށް ޝައުގުވެރިކަން ހުރި އިންވެސްޓަރުންނަށް ރިސޯޓުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށް ބިޑު ފޮތް ގަނެވޭނެ އެންމެ ފަހު ތާރީހަކީ 20 ޖޫން ކަމަށެވެ. ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމުން، ބިޑު ފޮތް ދޫކުރަނީ އީމެއިލްގެ ޒަރިއްޔާއިންނެވެ.

ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދެވަނަ ފިޔަވަހީގެ ތެރެއިން އޯޕަން ބިޑް އުސޫލުން ރާއްޖޭގެ 23 ރަށެއް ހިމެނޭ ގޮތަށް 16 ރިސޯޓެއް ތަރައްގީކުރަން ހުޅުވާލީ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އިންވެސްޓަރުންގެ ޑިމާންޑު އިތުރުކުރަން މި ރަށްތަކަށް ހުށައެޅޭ އެންމެ ކުޑަ އެކުއިޒިޝަން ކޮސްޓް ވަނީ ދަށްކޮށްފަ އެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކުރިން ލަފާކުރި ވަރަށް ވުރަ ރިސޯޓު ވިއްކައިގެން ލިބޭނީ 12.08 މިލިއަން ޑޮލަރެވެ. މިއީ ކުރިން ހުރި އަގުތަކުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 82 މިލިއަން މިލިއަން ރުފިޔާ މަދު އާމްދަނީއެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، މިއީ ދައުލަތަށާއި އިންވެސްޓަރުންނަށް އެންމެ ރަނގަޅު ގޮތް ބަލާފައި ނިންމު ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާން "އަދަދު"އަށް ވިދާޅުވީ، ރިސޯޓުތަކުގެ އެކުއިޒިޝަން ކޮސްޓުން 30 ޕަސެންޓު ކުޑަކުރީ ފީސިބިލިޓީއަށާއި އިންވެސްޓަރުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކަަމަށެވެ.