Advertisement

ފެށޭ މަހުގެ 20 ގެ ކުރިން ޑެޕިއުޓީ މޭޔަރާއި ނައިބު ރައީސުން ހޮވަން އަންގައިފި

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ވާދަ ކުރާ އަހުމަދު ނަރީޝާއި އައިޝަތު ނަހުލާގެ އިތުރުން އިބްރާހިމް ސުޖާއު--


ފެށޭ މަހުގެ 20 ގެ ކުރިން ޑެޕިއުޓީ މޭޔަރާއި ނައިބު ރައީސުން ހޮވަން އަންގައިފި

މި ފެށޭ ޖޫން މަހުގެ 20 ގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސުންނާއި ނައިބުން އިންތިހާބު ކުރުމަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އާއްމުގޮތެއްގައި ކައުންސިލަރުން ހުވާ ކޮށްފައި ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްގެ ނައިބުން އިންތިހާބު ކުރެ އެވެ.

ނަމަވެސް ކޮވިޑުގެ ހާލަތުގެ ސަބަބުން ހުރިހާ ކައުންސިލަރުން ހަމަނުވާތީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމާއި ބައެއް ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުން ވަނީ އިންތިހާބު ނުކޮށެވެ.

އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް މިއަދު "އަދަދު" އަށް ވިދާޅުވީ، އުސޫލެއްގެ ގޮތުން ހުރިހާ ކައުންސިލަރުން ވެސް މިހާރު ތިބެން ޖެހޭނީ އިންތިހާބުވި ރަށެއްގައި ކަމަށެވެ.

ނެތްނަމަ ކަރަންޓީންވުމަށް 14 ދުވަހުގެ ނޯޓިސް ދިނުމަށް ފަހު ފެށޭ މަހުގެ 20ގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލްތަކުގެ ނައިބުންގެ އިތުރުން އަންހެނުން ކޮމެޓީގެ ރައީސް އާއި ނައިބު ހޮވަން އަންގާފައިވާ ކަމަށެވެ.

"މެމްބަރަކު ކަރަންޓީންގައި ނެތްނަމަ ދެ ދުވަހުގެ ނޯޓިސްއެއް ދީގެން ވެސް އިންތިހާބު ބޭއްވޭނެ. 14 ދުވަސް ދޭން މިބުނަނީ ކަރަންޓީން ވާން ޖެހުނަސް އެ ފުރުސަތު ދޭން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ މަގާމުތަކަށް މީހުން އިންތިހާބު ކުރަނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މާލެ ފިޔަވާ އެހެން ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރު ވަނީ އިންތިހާބު ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 19 މެމްބަރުން އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ކޯލިޝަނަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިފައިވާއިރު މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޑެޕިއުޓީ މޭޔަރުގެ މަގާމަށެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) އާއި ހުޅުމާލެ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.

އޭގެ ތެރެއިން ލީޑާޝިޕްގެ ބައެއް ބޭފުޅުން ޝުޖާ ހޮވަން މަސައްކަތް ކުރާއިރު އަނެއް ބައި ބޭފުޅުން ބޭނުންވަނީ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް ހަމަޖެއްސުމަށެވެ. އެކަމަކު ޑެޕިއުޓީ މޭޔަރުގެ މަގާމަށް ގެންނާނެ ވަކި މީހަކު ޕާޓީން ވެސް އަދި ކަނޑައެއް ނާޅަ އެވެ.