Advertisement

ހާލަތު އެންމެ ގޯސް އަށް ރަށެއްގައި 12 ގަޑިއިރުގެ ކާފިއު ހިންގަނީ

25 މޭ 2021 - 12:06 0

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

ރަށެއްގެ މަގު މަތި: އަށް ރަށެއްގައި ކާފިއު ހިނގަން ވަނީ ނިންމާފައި.


ހާލަތު އެންމެ ގޯސް އަށް ރަށެއްގައި 12 ގަޑިއިރުގެ ކާފިއު ހިންގަނީ

25 މޭ 2021 - 12:06 0

ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވާ އަށް ރަށެއްގައި ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމައިފި އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މި ވަގުތު ވެސް 74 ރަށެއް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.

ކާފިއު ހިންގާ ރަށްތައް

އައްޑޫ ސިޓީ

ފުވައްމުލަކު ސިޓީ

ލ ގަން

ގދ ތިނަދޫ

ގއ ދާންދޫ

އދ މާމިގިލި

ފ ނިލަންދޫ އަދި ފ ފީއަލީ އެވެ.

ޑިރެކްޓާ ޖެނެރަލް އޮޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އިއުލާނުގައި ވަނީ މި އަށް ރަށުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަން ތަނުގައި އުޅުން މަނާވާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ ހުއްދައާ އެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

މީގެ އިތުރުން ވެސް މޮނިޓަރިންގެ ހާލަތުގައިވާ ހުރިހާ ރަށެއްގައި މާދަމާ އިން ފެށިގެން ކާފިއު ހިންގަން ފަށާނެ އެވެ.

އެޗްޕީއޭއިން ބުނީ މޮނީޓަރިންގެ ހާލަތަށް ލާފައިވާ ހުރިހާ ރަށެއްގައި ވެސް ރޭގަނޑު 9:00 ން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

މާދަމާ އިން ފެށިގެން އަޅަން ފަށާ ފިޔަވަޅުތައް

ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން.

ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.

ޕާޓީތަކާއި، ހަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.

ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

ފިހާރަތަކުން ޚިދުމަތް ދޭއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތަށް ބަދަލުކުރުން.

ރާއްޖެއިން މިހާތަނަށް 57،341 މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން ބަލި ޖެހިފައިވާ 24،057 މީހުން މި ވަގުތުވެސް އެބަ ތިބި އެވެ.

އެއް ދުވަހެއް ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިއްޔެ އެވެ. މުޅި ޖުމްލަ 139 މީހުން ވަނީ މިހާތަނަށް މި ބަލީގައި މަރުވެފަ އެވެ.