ގައުމީ ޓީމުގައި ޗުމްޕު: އުއްމީދެއް ހާސިލްވުން!

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު).-- އަދަދު ގްރެފިކްސް:  އަބްދުﷲ ޝަފީއު (އަބޯ)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު).-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ދަތި އުނދަގޫ ކަންތައްތަކެއްގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ކުޅޭ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ތައްޔާރުވާން ޖެހުމަކީ ހުރިހާ ކުޅުންތެރިންނަށް ވެސް އޮތް ގޮންޖެހުމެކެވެ. މި ފަހަރުގެ ގައުމީ ޓީމުން އެކި ސަބަބުތަކާ ހުރެ މުހިއްމު ކުޅުންތެރިންތަކަކަށް ފުރުސަތު އޮތީ ދޫކޮށްލަން ޖެހިފަ އެވެ. އެކަމަކު މި ހާލަތުގައި ވެސް ބުރަ މަސައްކަތް ކޮށްގެން މުޅިން އަލަށް ގައުމީ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އެވެ.

އުމުރުން 18 އަހަރުގައި ބ. ހިތާދު އަށް އުފަން ޗުމްޕު އެންމެ ފުރަތަމަ ކުޅުނީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ރާއްޖޭގެ ގަދަބާރު ނިއު ރޭޑިއަންޓަށެވެ. ޒުވާން އުމުރުގައި ވެސް ނިއު އިން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ޗުމްޕު ބޭނުންވީ ފުޓްބޯޅައާ މެދު ސީރިއަސްވީމަ އެވެ. އަނިޔާއާ ހެދި ކެރިއަރަށް ކޮންމެ ވެސް ވަރަކަށް ހިޔަނި އެޅުނު ނަމަވެސް އޭނާ ފަސްބެލުމެއް ނެތި ދިޔައީ ކުރިއަށެވެ. ނިއު އަށް ކުޅުނު ފަހުން ދެ އަހަރެއްހާ ދުވަހު ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅުނެވެ.

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް 2016 ވަނަ އަހަރު ބަދަލުވެ މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުން ކުޅެފައި 2017 ވަނަ އަހަރު މާޒިޔާ އަށް ޗުމްޕު ބަދަލުވި އެވެ. މެސެޑޯނިއާގެ ކޯޗު މަރްޖާން ސެކުލޮސްކީ މާޒިޔާ އަށް އައި ފުރަތަމަ ފަހަރު އެ އަހަރުގެ މާލޭ ލީގުގައި ޗުމްޕު އަށް ކުޅުމުގެ ފުރުސަތުތަކެއް ދިނެވެ. އެކަމަކު އެ ފަހަރު މާލޭ ލީގަށް ފަހު އެ ޓީމު ދޫކޮށް ފަހުން އެ ސީޒަނުގެ ފަހު ބައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނީ ގދ. ތިނަދޫ ޓީމަށެވެ.

Advertisement

2017 ވަނަ އަހަރުގެ މާލޭ ލީގުގައި ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ޗުމްޕު ބޯޅަ ހިފައިގެން.-- ފޮޓޯ: މާޒިޔާ

އަލުން 2018 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީއާ ގުޅުމަށް ފަހު ދެން އެ ޓީމުގައި އަންނަނީ އަހަރަކަށް ފަހު އަހަރެއް ކުޅުން ރަނގަޅު ކުރަމުންނެވެ.

ޗުމްޕުގެ ކުޅުން މި ފަހުން ފާހަގަަވާން ފެށީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗުކަމާ އިހުސާން އަބްދުލް ގަނީ (ސާންތީ) ހަވާލުވި ފަހުންނެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށިއްސުރެ މިއަދާ ހަމައަށް ވެސް ޗުމްޕު ބެލީ ކުޅޭ ޓީމެއްގައި ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށެވެ. އެހެން ކޮންމެ ކުޅުންތެރިއެކޭ އެއްގޮތަށް ގައުމީ ޓީމަށް ކުޅުމަކީ އޭނާ ވެސް އޮތް އުއްމީދެކެވެ.

"ގައުމީ ޓީމަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ ކަމެއް. އެކަމަކު އެ ހިސާބަށް ދާން ކުރަން ޖެހޭ ކަމެއް ހުންނަ ކޮންމެ ޓީމެއްގައި 100 ޕަސެންޓް ދީގެން ރަނގަޅަށް ކުޅުން. މި ސީޒަނުގައި ޔޫވީގައި ރަނގަޅަށް ކުޅެގެން ކަމަށް މި ބަލަނީ މި ފުރުސަތު މި ލިބުނީ. ދެން އޮތީ މީގެ ( މި ފުރުސަތުގެ) ބޭނުން ހިފުން،" ޗުމްޕު "އަދަދު" އަށް ބުންޏެވެ.

ފުޓްބޯޅައިގެ އިތުރުން ޗުމްޕުގެ ވިދުން ފުޓްސަލް މުބާރާތްތަކުގައި ގަދަ އެވެ. އެކަމަކު އޭނާ ބޮޑަށް ފޯކަސް ކުރަން ބޭނުންވަނީ ފުޓްބޯޅައިން ކުރިއަށްދާށެވެ. އުމުރުން 29 އަހަރުގެ ޗުމްޕު ބުނީ އެކުގައި އުޅޭ ގިނަ ރައްޓެހިންނެކޭ އެއްގޮތަށް އެންމެ ކުރިއްސުރެން ފުޓްސަލް އަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އެކަމަކު ސީރިއަސްކޮށް ކުޅެން ބޭނުންވަނީ ފުޓްބޯޅަ ކަމަށާއި އެއީ ކެރިއަރުގައި މި ވަގުތު ކުރިއަށް ދެވޭނެ ފުރުސަތަށް ބެލުމަށް ފަހު ކަމަށް ޗުމްޕު ބުންޏެވެ.

"އާއިލާ އާއި އެކުގައި އުޅޭ ރައްޓެހިންނާއި އަބަދު ވެސް ދޭ ސަޕޯޓް. އެހެންވެ މިއަދާ ހަމައަށް ވެސް މި ގޮތުގައި މި ކުޅެވެނީ. ރާއްޖޭގައި މި ކަންތައް އޮންނަ ގޮތުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ފުޓްބޯޅަ ކުޅެގެން ކުރިއަށް ދެވޭނީ. ގައުމީ ޓީމާ ހަމައަށްދާނަމަ ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ މިކަން،" ޗުމްޕު ބުންޏެވެ.

ފުރަތަަމަ ޑިވިޝަންގައި ޗުމްޕު އެންމެ ގިނައިން ކުޅެފައިވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ޖޯޒީގަ އެވެ. ތަޖުރިބާކާރު ކޯޗުން ކަމަށްވާ އާތީ އާއި ސާންތީގެ އިތުރުން މުހައްމަދު ނަޒީހު އާއި މުހައްމަދު އާދަމްގެ ކޯޗުކަމުގައި ވެސް ޗުމްޕު ވަނި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެފަ އެވެ. މުހިއްމު މެޗުތަކުގައި ޓީމު މޮޅުކޮށްދޭން އެހީތެރިވެދީފައިވެ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ޗުމްޕު ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޗުމްޕު ބުނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މެނޭޖްމަންޓުގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށާއި މި ފަހަރު ރަނގަޅަށް ކުޅެން އިތުރު ހިތްވަރަކަށްވީ ސާންތީ ހަވާލުވެ، ގެނައި ބަދަލާ އެކު މުޅި ޓީމު ވެސް ރަނގަޅު ވެގެން ދިއުން ކަމަށެވެ. ޗުމްޕު ވަނީ ލީގުގައި ކުޅުނު 13 މެޗުން ތިން ގޯލު ޖަހައިފަ އެވެ.

ޗުމްޕުގެ އިތުރުން ދެން ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން އަލަށް ފުރުސަތު ހޯދި ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ނިސްބަތްވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށެވެ. އެއީ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. ދެން ޓީމަށް އަލަށް އެރީ ޓީސީގެ އަލީ ޝާމިސް (ތޮއްޕެ) އެވެ.

ގައުމީ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ އޭނާ ޓީމަށް ނެގި ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތަށް ތައުރީފް ކޮށްފަ އެވެ. އަދި އަލަށް ޓީމުން ފުރުސަތު ލިބުނު ކުޅުންތެރިންނަކީ ކޯޗިން ސްޓާފުން ވަރަށް ބަލައިގެން ނަގާފައިވާ ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅުކަން ވެސް ކޫޕްމަން ފާހަގަކޮށްފައިވެ އެވެ.

މާލޭގައި ހަފްތާއެއް ވަންދެން ހޮޓެލް ޖެންގައި ކޭމްޕްކޮށްފައި ތިބުމަށް ފަހު ކުރު ޓްރެއިނިން ކޭމްޕަކަށް ގައުމީ ޓީމު އިއްޔެ ވަނީ ދުބާއީ އަށް ގޮސްފަ އެވެ. ގައުމީ ޓީމުން އިއްޔެ ވަނީ ދުބާއީގައި ޓްރެއިނިން ކޭމްޕް ފަށައިފަ އެވެ.

ގައުމީ ޓީމު ކޮލިފައިން މެޗުތައް ކުޅެން ޗައިނާ އަށް ދާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެއީ ފިލިޕީންސާއި ސީރިއާ ޓީމާ އެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox