Advertisement

އިދިކޮޅު ލީޑަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

21 މޭ 2021 - 15:42 1

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

އިދިކޮޅު ލީޑަރު އަބްދުއްރަހީމް: ޕާޓީގެ ފަރާތުން ރަސްމީކޮށް ބުނެފައި ވަނީ ހާލު ރަނގަޅު ކަމަށް -- ފޮޓޯ: އަދަދު ފައިލް


އިދިކޮޅު ލީޑަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

21 މޭ 2021 - 15:42 1

އިދިކޮޅު ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއީ އަންބިކަންބަލުން ދިޔާނާ ހުސެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އަބްދުއްރަހީމަކީ ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

"ހާޅު ރަނގަޅު ދެ ބޭފުޅުނގެ ވެސް، ގޭގައި ތިއްބެވީ،" ހީނާ ވިދާޅުވި އެވެ.

އަބްދުއްރަހީމަކީ މީގެ ކުރިން ހިތުގެ ސާޖަރީއެއް ކުރައްވާފައިވާ ހައި ރިސްކް ކެޓަގަރީގެ ބޭފުޅެކެވެ. އޭނާގެ ހިތަށް ހުންނަނީ ޕޭސްމޭކަރެއް ގުޅައިފަ އެވެ. އެއީ ހިތުގެ ވިންދު ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާ ޑިވައިސްއެކެވެ.

މާލެ އައީ އަތޮޅު ތެރޭގެ ގިނަ ރަށް ރަށުގައި ކޮވިޑް ފެތުރި ގިނަ އަދަދެއްގެ މީހުން އަންނަނީ ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ވަމުންނެވެ. އެގޮތުން އިއްޔެ އަކީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެވެ.

ރާއްޖެއިން މިހާތަނަށް 50،802 މީހުން ވަނީ ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 20276 މީހުނަށް މިވަގުތުވެސް ބަލި ޖެހިފައިވެ އެވެ. ބަލިގައި 118 މީހުން ވަނީ މިހަތާނަށް މަރުވެފަ އެވެ.