ނާޖީ، އިޔާން އަދި ޗުމްޕު ގައުމީ ސްކޮޑަށް

ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު (ކ.ވ): އިޔާން، ހައިޝަމް އަދި ނާޖީ.

ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު (ކ.ވ): އިޔާން، ހައިޝަމް އަދި ނާޖީ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު ސެންޓްރަލައިޒްކޮށް ޗައިނާގައި ފަށާ މެޗުތަކަށް ނެގި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކީޕަރު ނާޖިހު އަލީ (ނާޖީ) އާއި އެ ޓީމުގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު)ގެ އިތުރުން ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ހިމެނިއްޖެ އެވެ.

މި މަހު 30 އިން އަންނަ މަހު 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށްދާ ކޮލިފައިން އަށް ގައުމީ ޓީމުން އެންމެ ފުރަތަމަ އެކުލަވާލީ 33 ކުޅުންތެރިންގެ ސްކޮޑެކެވެ. އިއްޔެ ފަންސަވީހަކަށް ކުޅުންތެރިންނާ އެކު ޗައިނާ އަށް ދިއުމުގެ ކުރިން ގައުމީ ޓީމު ވަނީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފަ އެވެ. ސްކޮޑު ފައިނަލް ކުރާނީ މި މަހު 19 ވަނަ ދުވަހު ޗައިނާ އަށް ދާން ފުރުމުގެ ކުރިން 17 ވަނަ ދުވަހު ހުރިހާ ކުޅުންތެރިން ކޮވިޑަށް ޕީސީއާރް ޓެސްޓެއް ކުރުމަށް ފަހު އެވެ.

މި ފަހަރުގެ ސްކޮޑުގައި ހިމެނުނު ނާޖީ، ޗިކީ އަދި ޗުމްޕު އަށް މިއީ ރަސްމީ މެޗެއްގެ ގައުމީ ޓީމުގެ ސީނިއާ ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ފަހަކަށް އައިސް ޔުނައިޓެޑް ވިކްޓްރީގެ ގޯލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނާޖީ، 21، ވަނީ މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން މުބާރާތްތަކަކަށް ގޮސްފަ އެވެ. އޭނާ އަށް ގައުމީ ޓީމުން ފުރުސަތު މި ލިބުނީ ލިގުގައި އެންމެ ފަހުން މެޗުގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. ހަތް މެޗުގައި މި ސީޒަނުގައި ކުޅުނުއިރު، އެއް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނެވެ.

ސްކޮޑުގައި ދެން ހިމެނުނު ޔުނައިޓެޑް ވިކްޓްރީގެ ޗުމްޕު، 29، އަކީ މީގެ ކުރިން ނިއު ރޭޑިއަންޓާއި މާޒިޔާ އަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. މި ފަހުން ޔުނައިޓެޑް ވިކްޓްރީން ދައްކަމުން އަންނަ މޮޅު ކުޅުމުގައި އޭނާގެ ހިއްސާއެއް ވެސް އެބައޮތެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ތިން ގޯލު ޖަހައިފަ އެވެ.

މާޒިޔާއާ 2014 ވަނަ އަހަރު ގުޅުމަށް ފަހު ޗިކީ އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ މަދު މެޗެއްގަ އެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވީ ލޯން އެއްބަސްވުމެއްގެ ދަށުން 2018 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ދަ ގްރާންޑޭގައި ދެއްކި މޮޅު ކުޅުމުންނެވެ. ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި ޗިކީ މޮޅަށް ކުޅުނެވެ. މި ސީޒަނުގައި ދަ ގްރާންޑޭ ކުޅުނު 14 މެޗުގައި ވެސް ޗިކީ ކުޅުނެވެ. އަދި ގިނަ މެޗުތަކުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލުމަށް ގޯލުގައި ހުރެ ޗިކީ މޮޅު ކުޅުމެއް ދެއްކި އެވެ.

ރަނގަޅަށް ކްލަބްގައި ނުކުޅެވޭތީ މާޒިޔާގެ ފޯވާޑް ނާއިޒް ހަސަން (ދާދު) ވަނީ މި ފަހަރު ގައުމީ ޓީމާ ނުގުޅެން ނިންމައިފަ އެވެ. ދާދު ދެކޭގޮތުގައި ޓީމަށް އަރަން ޖެހޭނީ ރަނގަޅަށް ކުޅެފަ އެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އެފްއޭއެމުން ރަސްމީކޮށް މީޑިއާ އަށް ގައުމީ ޓީމުގެ ސްކޮޑު ހާމަކޮށްފައިނުވި ނަމަވެސް ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިންގެ މައުލޫމާތުތައް އެ ކްލަބްތަކަށް ވަނީ ފޮނުވައިފަ އެވެ. ޕްރިލިމިނަރީ ސްކޮޑުގައި ތިބީ މާޒިޔާގެ 10 ކުޅުންތެރިންނާއި، އީގަލްސްގެ ހަ ކުޅުންތެރިންނާއި، ވެލެންސިއާގެ ފަސް ކުޅުންތެރިންނާއި ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ކުޅުންތެރިންނާއި ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭގެ ތެރެއިން ކޮންމެ ޓީމަކުން ތިން ކުޅުންތެރިންގެ އިތުރުން ޓީސީން ދެ ކުޅުންތެރިންނެވެ.

ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑު:

މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، އިބްރާހިމް އައިސަމް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އުމެއިރު، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަސަދުﷲ އަބްދުﷲ، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު)

އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، މުހައްމަދު ނާއިމް، ހައިޝަަމް ހަސަން (ބިޑި)

ވެލެންސިއާ: މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)

ޔުނައިޓެޑް ވިކްޓްރީ: މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، ނާޖިހު އަލީ (ނާޖީ)، އަލީ ހައިޝަމް (ޗުމްޕު)

ކްލަބް ގްރީން ސްޓްރީޓްސް: އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް، ހަސަން ނަޒީމް ގާސިމް (ޗޯޓު)

ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)، އަޔާޒް އަހުމަދު (އަޔާ)، އިޔާން އަބްދުލް އަލީމް (ޗިކީ)

ޓީސީ ސްޕޯޓްސް ކްލަބް: އަލީ ޝާމިސް (ތޮއްޕޭ)، އަހުމަދު ރިލްވާން (ބެން)

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox